ސަން ބަދިގެ: ފިހުނު ކުކުޅު

ބޭނުންވާ ތަކެތި:

  • 1 ކިލޯ ބޯންލެސް ކުކުޅު
  • 1/2 ޖޯޑު ޕްލެއިން ޔޯގަޓް
  • 3 މޭޒުމަތީ ސަމްސާ ޕެޕްރިކާ
  • 1 މޭޒުމަތީ ސަމްސާ ކޮތަންބިރި (މުގުރާފައި)
  • 1 މޭޒުމަތީ ސަމްސާ ދިރި (މުގުރާފައި)
  • 1 މޭޒުމަތީ ސަމްސާ ލޮނު
  • 1/2 1 މޭޒުމަތީ ސަމްސާ އަސޭމިރުސް (މުގުރާފައި)
  • 1/2 1 މޭޒުމަތީ ސަމްސާ އިނގުރު (ގާނާފައި)
  • 1/2 1 މޭޒުމަތީ ސަމްސާ ފޮނިތޮށި (މުގުރާފައި)
  • 1/2 މޭޒުމަތީ ސަމްސާ ތެޅިމިރުސް
  • 2 މުށް ހުންނަހާ ކޮރިއެންޑަރ ފަތް

ހަދާނެގޮތް:

  1. ހަވާދުގެ ބާވަތްތަކާއި ޔޯގަޓް އެއްކޮށްލުމަށްފަހު ކުކުޅުގައި ރަނގަޅަށް ހާކާލާށެވެ.
  2. އެއަށްފަހު މަދުވެގެން 4 ގަޑިއިރު ވަންދެން ކުކުޅުކޮޅު މެރިނޭޑް ކުރުމަށްޓަކައި އައިސްއަލަމާރީގައި (ވައިބަންދުވާނެ ގޮތަކަށް) ބަހައްޓާށެވެ.
  3. ގްރިލަރ ނުވަތަ އަވަނުގައި ރޯފިލައި، މުށި ކުލަ އަރާ ވަރަށް ކުކުޅުކޮޅު ފިހެލާށެވެ.
  4. ސާރވް ކުރުމަށްޓަކައި ތައްޓަށް ކުކުޅުކޮޅު ލުމަށްފަހު އޭގެ ކައިރީގައި ކޮރިއެންޑަރ ފަތްކޮޅު އަތުރާލާށެވެ.

-- މައުލޫމާތު: ޔަމީ އީޒީމީލްސް އެވްރިޑޭ

comment ކޮމެންޓް