ސަން ބަދިގެ: ޑްރައިޑް ލޭޑީޒް ފިންގަރސް

ބޭނުންވާތަކެތި

  • 4 ޖޯޑު ލޭޑީޒް ފިންގަރސް ( 1 އިންޗިއަށް ބުރިބުރިކޮށްފައިހުރި)
  • 2 ފިޔާ ( ހިމުންކޮށް ކޮށާފައިހުރި)
  • 4 / 1 ސައިސަމުސާ ރީނދޫ
  • 3 / 1 ސައިސަމުސާ މުގުރި މިރުސް
  • 1 މޭޒުމަތީ ސަމުސާ ހަވާދު
  • 4 /1 ސައިސަމުސާ މަސްޓަރޑް ކްރީމް
  • 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
  • ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ތަވާއުދާލާފައި ހޫނުވީމާ ކުޑަތެޔޮފޮދެއް އަޅާފައި ތެޔޮފޮދު ހޫނުކޮށްފައި ހުރިހާބާވަތް އެއްކޮށްފައި މަޑުގިނީގައި ބަހައްޓައިގެން މަތިޖަހާފައި ރޯފިލަންދެން ކައްކާށެވެ. ދޭތެރެދޭތެރެއިން ދޭފަތުން ހަލަމުންދާށެވެ.

comment ކޮމެންޓް