ތޮއްޑޫގައި ފެން ޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

ތޮއްޑުގައި ފެން ޕްލާންޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދަނީ-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ތޮއްޑުގައި ފެން ޕްލާންޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ތޮއްޑުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހީމެވެ.

އެއީ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީން 31 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓުގެ ދަށުން މޫދު ފެން މީރު ފެނަށް ބަދަލު ކުރާ ރިވާސް އޮސްމޯސިސް (އާރުއޯ) ދެ ޕްލާންޓާއި ފެން ރައްކާކުރުމަށް ދެ އާރުއޯ ޕްލާންޓް ތޮއްޑުގައި ބަހައްޓާނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވީ ސަރުކާރުން އަންނަނީ ދިވެހި ރައްޔިތުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ޢަދި ތޮއްޑުގައި ވެސް ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކރް ކުރިއަށް އޮތްތަނުގައި ކުރިއަސްގެންދާނެ ކަމަށް ތާރިގު ވިދާޅުވި އެވެ.

ތޮއްޑުގައި ފެން ޕްލާންޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ

"މި ޕްރޮޖެކްޓްގެ ދަށުން ތޮއްޑޫގެ ރައްޔިތުންނަށް ސާފު ބޯފެން ޔަގީންވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓްގެ ދަށުން ތޮއްޑުގައި ގާއިމް ކުރާ ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓަށް މިނިސްޓަރު އަލި އަޅުއްވާލެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ތޮއްޑުގެ ތަރައްގީއަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ސަރުކާރުން އެ ކުންފުންޏަށް ގިނަ ޕްރޮޖެކްޓުތަކެއް ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހީމް ވިދާޅުވީ ތޮއްޑުއަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށަކަށްވާއިރު އެރަށުގެ ފެން ފަށަލަ މިހާރު ލޮނުވެފައިވާ ކަމަށެވެ. އަދި ފެން ޕްލާންޓާއެކު އެރަށު ރައްޔިތުންނަށް ސާފު ފެން ލިބި ކުރިއަށް އޮތްތަނުގައި ދަނޑުވެރިކަން ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޑުގައި ފެން ޕްލާންޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދަނީ-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

comment ކޮމެންޓް