މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހީމް ރައޫފް ސަން އަށް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުން މިރޭ 8:15 އެހާކަންހާއިރުން ފެށިގެން ކަރަންޓު ކެނޑުނީ ބޮޑު ޖަނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

"ބޮޑު އިންނީނަގަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑުނީ. ވަރަށް އަވަހަށް ކަރަންޓު ލިބޭނެ،" ރައޫފް ވިދާޅުވިއެވެ.

މިރޭ މާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި މާފަންނުގެ ބައެއް ހިސާބުތަކާއި މައްޗަންގޯޅީގެ ބޮޑު ހިސާބެއް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް