ގއ. އަތޮޅުގައި ބޭއްވި ޒަމާނީ ބަށި މުބާރާތް ދާންދޫ ޓީމް ކަމިޔާބުކޮށްފި

'ބީއެފްއެމް ގއ.އަތޮޅު ޒަމާނީ ބަށި މުބާރާތުގެ ފައިނަލް މެޗަށްފަހު' އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ދާންދޫ އަންހެނުންގެ ކޮމިޓީ

ބަށިބޯލް ފައުންޑޭޝަނުން ގއ. އަތޮޅު ރަށްތަކަށް އަމަޒުކޮށްގެން ބޭއްވި 'ބީއެފްއެމް ގއ. އަތޮޅު ޒަމާނީ ބަށި މުބާރާތު'ގެ ފައިނަލް މެޗްގައި އެއަތޮޅު ގެމަނަފުށީ މަހާރަނި ޓީމްގެ މައްޗަށް އަށް ފޯލީގެ ތަފާތުން މޮޅުވެ ގއ. ދާންދޫ ރިއަލް ކުއީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ދާންދޫ ގައި ކުރިޔަށް ގެންދިޔަ މުބާރާތުގައި އިއްޔެ ދާންދޫ ބަށި ކޯޓުގައި ބޭއްވި ފައިނަލް މެޗްގައި ދާންދޫ ޓީމް މޮޅުވެފައިވަނީ 20 ލަނޑު 10 ފޯލި ހޯދައިގެންނެވެ.

ބީއެފްއެމް ގއ. އަތޮޅު ޒަމާނީ ބަށި މުބާރާތުގެ ފައިނަލް މެޗްގެ ތެރެއިން --- ފޮޓޯ/ ދާންދޫ އަންހެނުންގެ ކޮމިޓީ

ގެމަނަފުށީ ޓީމަށް ހެދިފައިވަނީ 20 ލަނޑު 2 ފޯއްޔެވެ.

މިއީ ބަށިބޯލް ފައުންޑޭޝަނާއި ގއ. އަތޮޅު ކައުންސިލާއި ދާންދޫ އަންހެނުންގެ ކޮމިޓީ ގުޅިގެން ގއ. އަތޮޅު ރަށްތަކަށް ޚާއްސަކޮށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ބަށި މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ރަށަކުންނެވެ. އެއީ ދާންދޫއާއި ގެމަނަފުށީގެ އިތުރުން ނިލަންދޫއާއި ވިލިނގިއްޔެވެ.

ބީއެފްއެމް ގއ. އަތޮޅު ޒަމާނީ ބަށި މުބާރާތުގެ ފައިނަލް މެޗްގެ ތެރެއިން --- ފޮޓޯ/ ދާންދޫ އަންހެނުންގެ ކޮމިޓީ

comment ކޮމެންޓް