ރޭޕްގެ ޝިކާރައަކަށްވެ، ކޯމާގައި 42 އަހަރު އޮތް އިންޑިއާގެ ނަރުސް މަރުވެއްޖެ

އަރޫނާ ޝަންބައުގް: 1973 ވަނަ އަހަރު އޭނާ ރޭޕްކުރި އިރު އުމުރަކީ 25 އަހަރު -- ފޮޓޯ ބީބީސީ

ހޮސްޕިޓަލުގައި ޑިއުޓީގައި ހުއްޓައި މަސައްކަތު މީހަކު ރޭޕްކުރުމުގެ ސަބަބުން ޕެރަލައިޒްވެ ކޯމާގައި 42 އަހަރު ވަންދެން އޮތް އިންޑިއާގެ ނަރުސް މިއަދު މަރުވެއްޖެ އެވެ.

ނަވާރަސަތޭކަ ހަތްދިހަ ތިނެއްގައި މުމްބާއީ ހޮސްޕިޓަލުގައި ވަޒީފާ އަދާ ކުރަނިކޮށް ޑިއުޓީގައި ހުއްޓައި ރޭޕް ކުރުމުގެ ސަބަބުން ޕެރަލައިޒްވެ، މަރުގެ ތަންމަތީގައި އޮންނަން ޖެހުނީ އަރޫނާ ޝަންބައުގް އެވެ. އެ ހާދިސާއާ ގުޅިގެން އަރޫނާ ޕެރަލައިޒްވެ ސިކުނޑިއަށް ގެއްލުންތަކެއް ލިބުނެވެ. އޭގެ ފަހުން އޭނާ އޮތީ ކޯމާގައި ބާއްވާފަ އެވެ.

އަރޫނާ މަރުވެފައި ވަނީ މިއަދު 8:30 އެހާ ކަންހާއިރު މުމްބާއީ ކެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އަރޫނާ ރޭޕް ކުރި ހާދިސާއާ ގުޅިގެން ފޮތެއް ލިޔެ ޝާއިއުކޮށްފައިވާ ނޫސްވެރިޔަކާއި ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ އަރޫނާ މަރުވެގެން އެ ދިޔައީ އިންޑިއާގައި އަނިޔާވެރިވުމާއި ރޭޕްކުރުމާއި ދެކޮޅަށް ގާނޫނެއް ގެނެސްދީފައި ކަމަށެވެ.

މީގެ 42 އަހަރު ކުރިން 1973 ވަނަ އަހަރު އެ ހާދިސާ ހިނގި އިރު އަރޫނާގެ އުމުރަކީ 25 އަހަރެވެ. އޭނާ މަރުވިއިރު އުމަރަކީ 67 އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް