އަގުހުރި އިނާމުތަކަކާ އެކު ރީފްސައިޑުން "ސޮނީ ރަމަޟާން ސޭލް" ފަށައިފި

ރީފްސައިޑު ސޮނީ ސެންޓަރުން ވިއްކާ ސޮނީ އެކްސްޕީރިއާ ފޯނުތަކެއް: ސަން ފޮޓޯ/ އަލީ ނަސީރު

ރޯދަމަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ރީފްސައިޑުން ބާއްވަމުން އަންނަ "ސޮނީ ރަމަޟާން ސޭލް" އަގުހުރި އިނާމުތަކަކާ އެކު ފަށައިފި އެވެ.

ރީފްސައިޑުގެ ސޮނީ ސެންޓަރުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރީފްސައިޑުގެ މާކެޓިން އެގްޒެކެޓިވް މުހައްމަދު އަހުސަން ވިދާޅުވީ، މިފަހަރުގެ ސޭލުގައި ރީފްސައިންޑު ސޮނީ ސެންޓަރުން ވިއްކާ ތަފާތު ބާވަތްތަކުގެ ސާމާނު، ހެޔޮ އަގުތަކެއްގައި ލިބޭނެ ކަމަށެވެ. އެ ފިހާރައިން ވިއްކާ އެއްޗެއް ގަންނަ ކޮންމެ ފަރާތަކަށް ހިލޭ ހަދިޔާތަކެއް ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިވަނީ، ޕްލޭ ސްޓޭޝަނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައި. އެގޮތުން މިހާރު ޕްލޭ ސްޓޭޝަނަކީ ސޮނީ ސެންޓަރުގެ މެއިން ހަބެއްގެ ގޮތަށް ޑިވެލޮޕްކޮށްފައި އަދި ވަރަށް ރަނގަޅު ސްޓްރަކްޗަރެއްގެ ގޮތުން ފަށާފައި މިވަނީ. އެގޮތުން ރޯދަ މަހަށް ހާއްސަ ޕެކޭޖުތަކެއް މިވަނީ ތައާރަފުކޮށްފައި. އެގޮތުން އަގަށް ބެލިކަމުގައި ވިއަސް ފުދޭވަރަކަށް ރަނގަޅު އަގުތަކެއްގައި އަދި އޭގެ އިތުރުން އިތުރު ޖޮއިސްޓިކާއި ސީޑީތައް ވެސް ލިބިގެންދާނެ ފްރީކޮށް. ވަރަށް ރަނގަޅު ޕެކޭޖުތަކެއް ޕްލޭ ސްޓޭޝަން ހަތަރަކަށް އަދި ތިނަކަށް ހެދިފައި ވަނީ،" އަހުސަން ވިދާޅުވި އެވެ.

ރީފްސައިޑު ސޮނީ ރަމަޟާން ސޭލްއާ ގުޅޭ މައުލޫމާތު މިއަދު ދެނީ: ސަން ފޮޓޯ/ އަލީ ނަސީރު

އަހުސަން ވިދާޅުވީ، ރޯދަމަހަށް ހާއްސަ ސޭލުގެ ތެރޭގައި ސޮނީ އެކްސްޕީރިއާ ފޯނުތަކަށް ވެސް ވަރަށް ހާއްސަ ޕްރޮމޯޝަނެއް އޮންނާނެ ކަމަށެވެ. އެ ފޯނުތަކާއި އެކު ހިލޭ "ޕަވާ ބޭންކަކާ މެމަރީ ކާޑެއް" ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުސަން ވިދާޅުވީ އޭގެއިތުރުން އެ ފޯނުތަކަށް ވަކި ޕެކޭޖުތަކެއް ހެދިފައިވާ ކަމަށާއި އެގޮތުން އެ ޕެކޭޖުތަކުގެ ދަށުން 70 ޕަސެންޓު ޑިސްކައުންޓު ލިބިގެންދާނެ ކަމަށެވެ.

"އަަޅުގަނޑުމެން އެބަ ގެންދަން ސައިބާ ޝޮޓުތަކަށް ވެސް ހާއްސަ ޕްރޮމޯޝަންތަކެއް. އޭގެއިން އަޅުގަނޑުމެން މިގެނެސްދެނީ ބައްލަވައި ގަންނަވާ ކޮންމެ ކަސްޓަމަރަކަށް ހިލޭ އިނާމުތަކެއް އެބަދެން. މީގެއިތުރުން ހެޑު ފޯނުތަކަށް ވެސް އަޅުގަނޑުމެން ހާއްސަ ޕްރޮމޯޝަނެއް އެބަގެންދަން. އެގޮތުން ހެޑު ފޯނަށް އެއީ އަޅުގަނޑުމެން އަލަށް ގެންދާ ޕްރޮމޯޝަންތަކެއް. " އަހުސަން ވިދާޅުވި އެވެ.

ރީފްސައިޑު ސޮނީ ސެންޓަރުން ވިއްކާ ކެމެރާއެއް: ރަމަޟާން ސޭލުގައި ކެމެރާތަކުން ވެސް ޕްރޮމޯޝަނެއް އޮންނާނެކަމަށް ރީފްސައިޑުން ބުނޭ: ސަން ފޮޓޯ/ އަލީ ނަސީރު

ރީފްސައިޑުން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން ގެންދާ ސޭލުގެ ތެރެއިން ވަކިން ހާއްސަ ތިން އިނާމެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެއްވަނައަށް ދާ ފަރާތަކަށް 50 އިންޗީގެ ސޮނީ ބްރާވިއާ ޓީވީއެއް ދޭގޮތަށް ހަމަޖެހިފައިވާއިރު ދެވަނައަށް ދާ ފަރާތަކަށް ސޮނީ އެކްސްޕީރިއާ ފޯނެއް އަދި، ތިންވަނައަށްދާ ފަރާތަކަށް ސޮނީ އެކްޝަން ކެމެރާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސޭލު ކުރިއަށް ދާނީ މި މަހުގެ އެކަކުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކަމަށް ރީފްސައިޑުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް