ވަކިފަރާތަކަށް ބުރަ ނުވެ ހަގީގަތް ހާމަކޮށްދިނުމަށް ނޫސްވެރިންނަށް މައުމޫން އިލްތިމާސްކުރައްވައިފި

ރައީސް މައުމޫން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ---- ސަން ފައިލް ފޮޓޯ

ނޫސްވެރިންގެ މަސްއޫލިއްޔަތަކީ ވަރަށް މުހިންމު ގައުމީ މަސްއޫލިއްޔަތެއް ކަމަށާއި ނޫސްވެރިކަން ކުރުމުގައި ވަކި ފަރާތަކަށް ބުރަ ނުވެ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމުގައި ދެމިތިބުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިލްތިމާސްކުރައްވައިފި އެވެ.

ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ފާރިޝް މައުމޫންގެ ކެންޕޭނަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ ނޫސްވެރިންގެ މަސްއޫލިއްޔަތުތަކަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ނޫސްވެރިންގެ މަސްއޫލިއްޔަތުތައް އަދާކުރާ އިރު ވަކި ވަކިފަރާތަކަށް ބުރެ ނުވަ އިންސާފުވެރިކަމާ އެކު ރައްޔިތުންނަަށް ހަގީގަތް ހާމަކޮށްދިނުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ.

"ގިނަ ނޫސްވެރިން ރަނގަޅު، އެހެން ނަމަވެސް ބައެއް ނޫސްވެެރިން މިފެންނަނީ ވަކިފަރާތަކަށް މާބޮޑަށް ޖެހިގެން، ސިޔާސީ ކުލަވަރެއް ޖެހިގެން ހަބަރުތައް ވެސް ގެންނަތަން، އެހެންނަމަވެސް ނޫސްވެރިން ވާންޖެހޭނީ ވަރަށް ޒިންމާދާރު މަސްއޫލިއްޔަތުތައް އަދާކުރާ، ރައްޔިތުންނަށް ހަގީގަތް އޮޅުން ފިލުވާދޭ ބަޔަކަށް،" މައުމޫން ވިދާޅުވި އެވެ.

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހެކެވެ. މިއަދުގެ މުނާސަބަތުގައި މީޑިއާ ކައުންސިލުން މިރޭ ދަރުބާރުގޭގައި ހާއްސަ ހަފްލާއެއް ބާއްވާނެ އެވެ. އަދި އެ ހަފްލާގައި ބައެެއް ނޫސްވެރިންނަށް އެވޯޑް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް