ފުލުހުންނަށް އަނިޔާކުރުމުން މައުމޫން އެކަން ކުށްވެރިކުރައްވައިފި

ރޭގެ މުޒާހަރާގައި ފުލުހަކަށް ހަމަލާދެނީ-- ސަން ފައިލް ފޮޓޯ

އިދިކޮޅު ފަރާތްތަކުން ރޭ ހިންގި މުޒާހަރާގައި ގިނަ އަދަދެއްގެ ފުލުހުންނަށް އަނިޔާކޮށްފައި ވާތީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އެކަން ކުށްވެރި ކުރައްވައިފި އެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ގާނޫނާ ހިލާފު އަމުލަތައް ހިންގަމުން ދިޔަ ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރި ފުލުސް އޮފިސަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައި ވާތީ އެކަން ކުށްވެރިކުރައްވާ ކަމަށެވެ.

ފުލުހުންނަށް ލިބުނު އަނިޔާ ރައީސް މައުމޫން ކުށްވެރި ކުރެއްވި އިރު، ރޭގެ މުޒާހަރާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ ފުލުހަކަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެ އިން ބޭރަށް ވަނީ ފުރުވާލައިފަ އެވެ.

ރޭގެ މުޒާހަރަގައި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހުން ހޯދަން ފުލުހުން ވަނީ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.

comment ކޮމެންޓް