ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް މާދަމާ ބާއްވާ ޕްރައިމަރީއަށް ޝަތުރު ހަމަވީ ދެ ކެންޑިޑޭޓުން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ޓިކެޓްގައި ދިއްގަރު ގޮނޑިއަށް ވާދަކުރެއްވުމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވީ މ. މަޑުއްވަރި، ކާނިގެ، އަހުމަދު ރާޟީ އާއި މ. ތްރީއޭވިލާ، އިބްރާހީމް ޖިހާދު ކަމަށެވެ.
ދިއްގަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ހުށަހެޅުމުގެ ސުންގަޑި ހަމަވީ މިއަދު 3:00 ގަ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރެއްވުމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ވަނީ ފާރިޝް މައުމޫން ހޮއްވަވާފަ އެވެ. ޕީޕީއެމްގެ ޓިކެޓް އޭނާއަށް ލިބިވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވުމުންނެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އަހްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމުންނެވެ.
އަންނަ ޖޫން ހައެއްގައި ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރެއްވުމަށް ނަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.