ސިޔާސީ ބޭނުމުގައި އަޅުގަނޑުގެ ނަން ބޭނުން ނުކުރުން އެދެން: ރައީސް މައުމޫނު

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު -- ސަން ފައިލްފޮޓޯ

އެއްވެސް ފަރާތަކުން ސިޔާސީ ބޭނުމެއްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލް ގައްޔޫމުގެ ނަންފުޅު ބޭނުން ނުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެ، ސިޔާސީ ބައެއް ފަރާތްތަކާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކަމުންދާ މި ދަނޑިވަޅާ ދިމާކޮށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެއްވެސް ފަރާތަކުން ސިޔާސީ މަގުސަދެއްގައި އެމަނިކުފާނުގެ ނަންފުޅު ބޭނުން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މައުމޫނުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ވިދާޅުވާނީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށެވެ.


ރައީސް މައުމޫނު އެހެން ވިދާޅުވި ސަބަބެއް ޓްވީޓުގައި ހާމަ ކުރައްވާފައެއް ނުވެ އެވެ.

comment ކޮމެންޓް