ފެން ނުހިނދޭތީ ހުޅުމާލޭ ސަހަރާގައި އަދިވެސް މީހުން ވަޅުނުލެވޭ: ކައުންސިލް

ހުޅުމާލޭ ސަހަރާގައި އަދިވެސް މީހުން ވަޅުނުލެވޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި --- ފޮޓޯ: މާލެ ސިޓީ ކަައުންސިލް

ވިއްސާރައިގެ ސަބަބުން ފެން ނުހިނދޭތީ އަދިވެސް ހުޅުމާލޭ ސަހަރާގައި މީހުން ވަޅުނުލެވޭ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

ވިއްސާރައިގެ ސަބަބުން، ހުޅުމާލެ ސަހަރާއިން ފެން ނުހިނދޭތީ އެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނީ މިދިޔަ ހުކުރު ދުވަހުގައެވެ.

ސިޓީ ކައުންސިލުން އޭރު ބުނީ، ހުޅުމާލެ ސަހަރާގައި ވަޅުލުން މެދުކަނޑާލީ ކަށްވަޅު ކޮނުމުން ހަ އިންޗިއާއި ހަތް އިންޗިއާއި ދެމެދަށް ފެން އަރާތީ ކަމަށެވެ. އެހެންވެ، މައްޔިތުން ވަޅުލުން އާސަހަރާއަށް ބަދަލުކޮށްފައިވާކަން އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އެއަށްފަހު މިއަދު 'ސަން' އިން ސުވާލުކުރުމުން ކައުންސިލުން ބުނީ، ހުޅުމާލޭ ސަހަރާގައި އަދިވެސް މީހުން ވަޅުނުލެވޭ ކަމަށެވެ.

ބޯކޮށް ވާރޭވެހި ފެން ނުހިނދުމުން، މީގެ ކުރިން ވެސް ސަހަރާގައި ވަޅު ނުލެވޭ ފަހަރު އާދެއެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅު ވެސް ވަނީ ވަގުތީ ގޮތުން މީހުން ވަޅުލުން އާ ސަހަރާއަށް ބަދަލުކޮށްފައެވެ.

https://sun.mv/231121

ފާހަގަކޮށްލެވޭ ގޮތުގައި މާލޭގެ އާސަހަރާ މިސްކިތް ތަރައްގީކުރުމަށް އެ ތަން ބަންދުކޮށްފައި އޮތް ދުވަސްވަރު، މާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލެ އާސަހަރާގައެވެ.

comment ކޮމެންޓް