ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ރޯވެފައިވަނީ ކުނިތަކެއްގައި ކަމަށާއި، އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު މެންދުރު 14:00 އެހައިކަންހާއިރު، ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ރޯވެފައިވާކަމުގެ މައުލޫމާތު، މީސްމީޑިއާގައި ދައުރުވާން ފެށިއެވެ. ވަރަށް ބޮޑަށް ރޯވެ ކަޅުދުން އަރާ މަންޒަރު ވީޑިއޯތަކުން ފެނުނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންނާ ސުވާލުކުރުމުން ބުނެފައިވަނީ، ރޯވެފައިވަނީ ކުނިތަކެއްގައި ކަމަށެވެ.
އަދި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއާއި ފުލުހުން، ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށްވެސް ގެއްލުމެއް ވެފައި ނުވާކަމަށް ފުލުހުން މައުލޫމާތުދީފައި ވެއެވެ.