ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް ކުލަބް ބަލިކޮށް، ހުރައަށް ރަނގަޅު ފެށުމެއް

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބް ައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ ސެމީގައި ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބް ބައްދަލުކުރި މެޗު، ތިން ސެޓު އެއްވސެޓުން ހުރާ ކޮމިއުނިޓީ ކުލަބް ކާމިޔާބުކޮށްފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓުތައް ގެންގޮސްފައި ވަނީ 19-25، 25-27، 25-20 އަދި 22-25 އިންނެވެ.

ޖުމްލަ ގޮތެއްގައި ވަރަށް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިފައިވަނީ އިދިކޮޅު ޓީމުން ލީޑު ފުޅާކުރިކަމުގައި ވީނަމަވެސް ރަނގަޅު ފައިޓެއްދީ، ފަހަތުން އަރައި ފަރަގު ހަނިކުރަމުންދިޔަ ތަނެވެ.

ވަކިން ހާއްސަކޮށް، ދެވަނަ ސެޓުގައި ފަސް ޕޮއިންޓުގެ ތަފާތުން ޕޮލިސް ކުލަބް ސެޓު ޕޮއިންޓަށް ގޮސްފައިވަނިކޮށް، އެ ސެޓު ކާމިޔާބުކުރުމަށް ހުރާ ކޮމިއުނިޓީ ކުލަބުން ކުރި މަސައްކަތް ފާހަގަކުރެވެއެވެ.

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބް ައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

މި މެޗުން މޮޅުވުމާއެކު ސެމީ ފައިނަލްގެ ތިންވަނަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބް ނުކުންނާނީ މިރޭ ކުޅޭ ދެވަނަ ސެމީ ފައިނަލުން ބަލިވާ ޓީމަކާއެވެ.

މުބާރާތުގައި މިރޭ އޮންނާނީ ކުލަބް ވެމްކޯ އާއި ކުލަބް އެމްޓީސީސީ ބައްދަލުކުރާ މެޗެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް