އަންނަ އަހަރު 43 ބިލިއަންގެ އާމްދަނީއެއް ލިބޭއިރު، އެއަށް ވުރެން ޚަރަދު 9 ބިލިއަން އިތުރު!

ޒަރީރާއި މުއިއްޒު: އަންނަ އަހަރު 43 ބިލިއަންގެ އާމްދަނީއެއް ލިބޭއިރު، އެއަށް ވުރެން ޚަރަދު 16 ބިލިއަން އިތުރު -- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭއިރު، އެއަށް ވުރެން ޚަރަދު ނުވަ ބިލިއަން އިތުރު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ބަޖެޓުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވަނީ، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ތަފުސީލުތައް ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވައިފައެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ކަނޑައަޅައިފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، އެ މިނިސްޓްރީން ލަފާކުރަނީ 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެހެންކަމުން ޚަރަދުތައް ހުރީ، އާމްދަނީއަށްވުރެ ނުވަ ބިލިއަން އިތުރު އަދަަދެކެވެ.

މި އަހަރަށް ވެސް ފިނޭންސް މިނިސްޓްރީން ބަޖެޓުކުރީ، އާމްދަނީއަށްވުރެ ޚަރަދު އިތުރުވާނެ ބަޖެޓެކެވެ. އެގޮތުން 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެއް ފާސްކުރިއިރު، އާމްދަނީއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 40.4 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓަރު ޒަރީރު މިއަދު ވަނީ، މި އަހަރު އަންދާޒާ ކުރި ވަރަށް ވުރެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރައްވައިފައެވެ. އެގޮތުން މިހާރުގެ އަންދާޒާތަކުން ދައްކަނީ 41.5 ބިލިއަނާއި 41.8 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އާމްދަނީއަށް ލިބޭނެ ކަމަށް، ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/228415

ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރަކީ ބަޖެޓުގައި ލަފާކުރި ވަރަށް ވުރެ އިތުރަށް ހިލޭ އެހީ ވެސް ލިބުނު އަހަރެކެވެ. އެގޮތުން އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އަންދާޒާ އަދަދަކީ 373.6 މިލިއަން ނަމަވެސް، މި މަހުގެ 15ގެ ނިޔަލަށް އެ އަދަދު ވަނީ 522.4 މިލިއަނަށް އަރައިފައެވެ.

ރާއްޖޭގައި ޚަރަދުތައް ބޮޑުއިރު، އޭގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދަރަންޏާއި ރިކަރަންޓު ޚަރަދުތައް އިތުރުވަމުން ދިޔުން ހިމެނެއެވެ. އޭގެ ތެރެއިން، މުސާރައާއި ޕެންޝަނާއި ސަބްސިޑީތަކައި އާސަންދަ ހިމެނޭ ރިކަރަންޓު ޚަރަދު ކުރާ ގޮތަށް އިސްލާހު ގެނައުމަށް ރާއްޖެއާއި ބޭރުން ގޮވާލާތާ އަހަރުތަކެއް ވަނީ ވެފައެވެ.

comment ކޮމެންޓް