ގައުމީ ވޮލީބޯޅަ ލީގުގެ ފިރިގެން ޑިވިޝަންގެ ހަތްވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބް ބައްދަލުކުރި މެޗު، ސީދާ ތިން ސެޓުން ޕޮލިސް ކުލަބުން ކާމިޔާބުކޮށްފިއެވެ.
ކުލަބުން މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 23-25، 23-25 އަދި 16-25 އިންނެވެ.
މެޗު ވެގެންދިޔައީ އުންމީދުކުރިފަދަ ވާދަވެރި މެޗަކަށެވެ. އެގޮތުން ދެ ޓީމުންވެސް ވަރަށް ރަނގަޅަށް ސެޓު ފަށައިގެން އެއް ވާނަކަށް ގިނަ ޕޮއިންޓުތަކެއް ހޯދަމުންދިޔައެވެ. ސެޓުގެ މެދެއްހައި ހިސާބުން ސިފައިންގެ ކުލަބު ރަނގަޅު ލީޑެއް ލިބުނު ނަމަވެސް ޕޮލިސް ކުލަބުން ވަނީ ފަހަތުން އަރައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ސެޓުގެ އެންމެ ފަހު ޕޮއިންޓާ ހަމައަށްވެސް ވާދަވެރިކަން ކުޑަނުވެ ދެމިއޮތެވެ.
ގައުމީ ވޮލީ ލީގުގައި ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޙުސައިން މާނިއުމެޗުގެ ދެވަނަ ސެޓުގައިވެސް ފެނިގެންދިޔައީ ފުރަތަމަ ސެޓާ ދާދި އެއް މަންޒަރެކެވެ. ދެ ކުލަބުންވެސް ގިނަ ޕޮއިންޓުތަކެއް ހޯދަން ފެށުމަށްފަހު ވަކި ހިސާބަކުން ސިފައިން ލީޑުކޮށް، ޕޮލިސް ކުލަބުން ކުރިމަތިކުރުވަމުންދިޔަ އުނދަގޫތަކާއެކުވެސް ސިފައިން މި ސެޓުވެސް ނިންމާލީ ދެ ޕޮއިންޓުގެ ލީޑެއްގައެވެ.
ތިންވަނަ ސެޓު ފެނިގެންދިޔައީ މުޅިން ތަފާތުކޮށެވެ. މުޅި ސެޓުގައިވެސް ފެނިގެންދިޔައީ ސިފައިންގެ ކުލަބުން ޑޮމިނޭޓުކުރިތަނެވެ. ޕޮލިސް ކުލަބުން ރަނގަޅަށް ކުޅެގަންނަން ފުރުސަތުވެސް ނުދީ ސިފައިން ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރިއެވެ.
މިރޭ 20:30 ގައި އޮންނާނީ ކުލަބް އެޗްޑީސީ އާއި ލަޔަންސް ރެކްރިއޭޝަން ކުލަބް ބައްދަލުކުރާ މެޗެވެ.
މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.