ހައެރީގެ އަގުބޮޑު ޗުއްޓީއާ އެކު ރާއްޖޭގެ ވިލާތަކަށް ކޮރެއާގެ ސަމާލުކަން!

ހައެރީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ: އޭނާގެ ޗުއްޓީގެ ސަބަބުން ކޮރެއާގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ވަނީ ބޮޑުވެފައި---

ރާއްޖޭގެ ރީތި މޫދާއި ހުދު ދޮންވެލިގަނޑުގެ ހިތްގައިމުކަމުގެ ތެރެއިން، އެންމެ މަތީ ފަންތީގެ ޗުއްޓީއެއް ހޭދަކޮށްލުމަކީ ގިނަ ބައެއްގެ ހުވަފެނެކެވެ. ނަމަވެސް، މިފަދަ އެންމެ ޚާއްސަ އެއް ވިލާގައި ހަފުތާއެއް ހޭދަކުރުމަށް 140،000 ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. މިއީ ދެކުނު ކޮރެއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ތަރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ދައްކުވައިދޭ އަދަދެކެވެ.

ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ހައެރީ މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ކުރި ޗުއްޓީގެ ދަތުރާ އެކު، ރާއްޖޭގެ އެންމެ އަގުބޮޑު ވިލާތަކަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ޗޯސަން އިލްބޯއިން އޭޕްރީލް 25، 2026 ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޭ-ޕޮޕް ގްރޫޕް ގާލްސް ޑޭގެ ކުރީގެ މެންބަރު ހައެރީ ވަނީ އޭނާގެ ސްޓާފުންނަށް ރާއްޖޭގެ ޗުއްޓީއެއް ދީފައެވެ. ލަގްޒަރީ ޓްރެވަލް ލިސްޓިންތަކުން ދައްކާ ގޮތުގައި، މިފަދަ ވިލާތަކުގެ ރޭޓު ރެއަކަށް 20،000 ޑޮލަރަށް ވުރެ މައްޗަށް ދެއެވެ.

ހައެރީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ: އޭނާގެ ޗުއްޓީގެ ސަބަބުން ކޮރެއާގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ވަނީ ބޮޑުވެފައި---

ހައެރީ ޗުއްޓީ ހޭދަކޮށްފައިވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ދ. އަތޮޅުގެ ރިސޯޓެއްގައެވެ. ހެރީ އެ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރި ފޮޓޯތައް މިއަދު ވެސް ސޯޝަލް މީޑިއާގަ އާއި އިންޓަނެޓްގެ އެކި ވަސީލަތްތަކުގައި ދައުރުވަމުން ދާއިރު މިއީ ދެކުނު ކޮރެއާގެ މީހުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވާން ދިމާވާ އިތުރު ސަބަބެކެވެ.

ބްރޭކިން ޓްރެވަލް ނިއުސްއިން އޭޕްރީލް 19، 2026 ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ނޫކުލައިގެ ފަޅުތަކާއި ހުދު ދޮންވެލިގަނޑުތަކުގެ އިތުރުން ޕްރައިވެޓް އައިލެންޑް ކޮންސެޕްޓަކީ މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކަންކަމެވެ. މީގެ އިތުރުން، ބައެއް ރިސޯޓުތަކުން 300 ޑޮލަރާ ހަމައަށް ރިސޯޓް ކްރެޑިޓް ދިނުން ފަދަ ކަންކަމަކީ ފަތުރުވެރިންނަށް ލުއިފަސޭހަކަމާ އެކު ޗުއްޓީ ރޭވުމަށް މަގުފަހިކޮށްދޭ ކަންކަމެވެ.

މަޝްހޫރު ތަރިން މިފަދަ ތަންތަނަށް ޒިޔާރަތްކޮށް، އެ މީހުންގެ ތަޖުރިބާތައް މީސްމީޑިއާގައި ހިއްސާކުރުމުން، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއަށް އިތުރު ސަމާލުކަމެއް ލިބެއެވެ.

ހައެރީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ: އޭނާގެ ޗުއްޓީގެ ސަބަބުން ކޮރެއާގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ވަނީ ބޮޑުވެފައި---

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގުތިސާދުގެ މައި ތަނބެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ރާއްޖެއަށް 2،246،516 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރު ޒިޔާރަތްކުރި 2،046،615 ފަތުރުވެރިންނާ އަޅައިބަލާއިރު 9.8 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު ފަތުރުވެރިކަމުން ލިބުނު އާމްދަނީ 5.4 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހަފުތާއަކަށް ކުރާ 140،000 ޑޮލަރުގެ ހޭދައަކީ އާންމު ފަތުރުވެރިން ކުރާ ހޭދައަކަށް ނުވި ނަމަވެސް، މިއީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ހާއްސަ ޗުއްޓީތަކަށް ކަނޑައެޅިފައިވާ ބޮޑެތި އަގުތައް ދައްކުވައިދޭ ކަމެކެވެ.

comment ކޮމެންޓް