ހައިވޭއަށް ވެއްޓުނު ސައިކަލެއްގައި އެހެން ސައިކަލެއް ޖެހި 3 މީހަކަށް އަނިޔާ؛ އަންހެނެއްގެ އަތް ބިންދައިގެން ދިޔަ

ހައިވޭގައި މީގެ ކުރިން ފުލުހުން ހަރަކާތްތެރިވަނީ: ހައިވޭއަށް ވެއްޓުނު ސައިކަލެއްގައި އެހެން ސައިކަލެއް ޖެހި 3 މީހަކަށް އަނިޔާ؛ އަންހެނެއް އަތް ބިންދައިގެން ދިޔަ -- ފޮޓޯ/ ފުލުހުން

މިއަދުގެ ހަވީރު ސިނަމާލެ ބުރިޖުގެ ހައިވޭއަށް ވެއްޓުނު ސައިކަލެއްގައި އެހެން ސައިކަލެއް ޖެހި، ތިން މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، އެ އެކްސިޑެންޓުގައި އަންހެނެއްގެ އަތް ބިންދައިގެންދިޔަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބުރިޖު ހައިވޭއިން، މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދުގެ ހަވީރުގެ 16:55 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށާއި، އެކްސިޑެންޓުގައި އަންހެނެއްގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ވަނީ މައުލޫމާތު ދީފައެވެ.

'ސަން' އިން ސުވާލުކުރުމުން ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެ ތިން މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

https://sun.mv/226904

މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ ވަރަށް އިތުރުވެފައެވެ. ދޭތެރެ ދޭތެރެއިން މިފަދަ އެކްސިޑެންޓްގައި ބޮޑެތި އަނިޔާތައް ލިބި، މީހުންގެ ފުރާނަ ގެއްލިފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މާލެއާއި ސިނަމާލެ ބުރިޖްގައި ދުވާލެއްގެ މައްޗަށް ހަތް އެކްސިޑެންޓް ހިނގައެވެ.

comment ކޮމެންޓް