ދިވެހި ފުލުހުންގެ ޚިދުމަތުން ވިލިމާލޭގައި މިއަދު ހިންގި ޚާއްސަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި، ދިވެހި ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި، ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ ތިން މީހަކު ވެސް ހިމެނޭ ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުން ބަލައި ފާސްކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ދަނީ ކުރަމުންނެވެ.
ފުލުހުންގެ ޚިދުމަތުން ދަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް މާލެއާއި އަތޮޅުތެރޭގައި ޚާއްސަ އޮޕަރޭޝަންތަކެއް މެދުކެނޑުމެއްނެތި ހިންގަމުންނެވެ.