ނުރައްކާތެރިކޮށް ދުއްވަނިކޮށް ހިނގި އެކްސިޑެންޓް: "ދެމީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި"

އައިޖީއެމްއެޗް ކުރިމަތި: ނުރައްކާތެރިކޮށް ދުއްވި ސައިކަލުންޖެހި އަނިޔާވި ދެމީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައި -- ފޮޓޯ/ މާނިއު މުހައްމަދު

ނުރައްކާތެރިކޮށް ދުއްވަނިކޮށް ސައިކަލުންޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ ދަންވަރު 02:55 އެހައިކަންހާއިރު، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވައިފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދިޔަ ސައިކަލު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ވަންވޭއާ އިދިކޮޅަށް ދުއްވައިފައި ދަނިކޮށް އެ މަގުން ދުއްވައިފައިދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

https://sun.mv/228708

އެ ހާދިސާގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްކަމަށާއި، އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.

'ސަން' އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ އެ ހާދިސާގައި އަނިޔާވެގެން ގެންދިޔަ ދެ މީހަކަށް އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް ފަރުވާދެނީ އެތަނުން ކޮށް ސައިކަލެއްގައި ތިބި ދެ މީހަކަށް ކަމެއް ފުލުހުން ކަށާވަރުކޮށްދީފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް