އުތުރުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ނޯތު ޕޮލިސް ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެކަމަކު، މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފާހަގަކުރެވޭ ގޮތުގައި، އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށްގެން ފެންމަތިވާ މައްސަލަތައް އިތުރުއިރު، ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވެސް ދޭތެރެއަކުން ފެންމަތިވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނައިރު، އެފަދަ ހުރިހާ މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓުނުކުރާ ކަމުގެ ކަންބޮޑުވުންތައް އޮވެއެވެ.
ކުޑަކުދިންނާ ގުޅުންހުރި ކޮންމެ މައްސަލައަކީވެސް ސީރިއަސް މައްސަލަތަކަށް ވާތީ އެކުދީން ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.