އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމްގެ ކީނޯޓް ސްޕީކަރަކަށް ކިރުބާ ޝަންކަރު

ޕްރޮޕެޝަނަލް ސްޕީކަރު އަދި އޮންލައިން ބިޒްނަސް ސްޓްރެޓީޖިސްޓެއް ކަމަށްވާ ކިރުބާ ޝަންކަރު --

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބާއްވާ "އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް 2026"ގެ ޝަރަފުވެރި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޕްރޮޕެޝަނަލް ސްޕީކަރު އަދި އޮންލައިން ބިޒްނަސް ސްޓްރެޓީޖިސްޓެއް ކަމަށްވާ ކިރުބާ ޝަންކަރު ހަމަޖައްސައިފިއެވެ.

ދުނިޔޭގެ 24 ގައުމެއްގައި 700 އަށް ވުރެ ގިނަ ސްޕީޗް ހުށަހަޅާދީފައިވާ ކިރުބާއަކީ އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޓްރާންސްފޮމޭޝަން، އޮންލައިން ރެޕިއުޓޭޝަން މެނޭޖްމަންޓް އަދި ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާއަކީ ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަން އޮފް އިންޑިޔާގެ ބާނީ އަދި ފައުޑިން ޕްރެޒިޑެންޓް ވެސް މެއެވެ.

ކިރުބާގެ ވާހަކަދެއްކުމުގެ ވައްޓަފާޅިއަކީ ވިޔަފާރީގެ އަމަލީ މައިދާނާ ގުޅޭ، ފަސޭހައިން ވިސްނޭ ކަންތައްތައް ހިމަނައިގެން، އުނދަގޫ ބޮޑެތި ޚިޔާލުތައްވެސް އަމަލީގޮތުން ބޭނުންހިފޭ ފަދަ ފަސޭހަ މަޢުލޫމާތަކަށް ބަދަލުކޮށްލަދޭ ވައްޓަފާޅިއެކެވެ.

https://sun.mv/228534

މި ސިމްޕޯސިއަމްގައި އެ ބޭފުޅާ ދެއްވާ ކީނޯޓް ބިނާވެފައިވާނީ ގެސްޓްހައުސް ސިނާޢަތަށް އަންނަމުންދާ ބަދަލުތަކަށެވެ. އަދި ޑިޖިޓަލްވެ ވާދަވެރިވަމުންދާ މާޙާލެއްގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ޒަމާނީ ބަދަލުތަކަށް އަހުލުވެރިވެ، އީޖާދީ ގޮތްތައް ހޯދައި، ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ތާޒާ ވިސްނުންތަކާއި ޢަމަލީ އިރުޝާދުތައް މި ސެޝަންގައި ހިއްސާކުރާނެއެވެ.

އެމް.އައި.ބީ ގެސްޓްހައުސް ސިމްޕޯސިއަމް އޮންނާނީ 15 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހު ބާސެލޯ ނަސަންދުރާ ގައެވެ. މި ސިމްޕޯސިއަމްގައި ރާއްޖޭގެ ގެސްޓްހައުސްތަކުގެ ވެރިންނާއި، އޮޕަރޭޓަރުން އަދި ސިނާޢަތާ ގުޅުންހުރި އެކި ފަރާތްތައް ބައިވެރިވެ، ޚިޔާލު ބަދަލުކޮށް، ގުޅުން ބަދަހިކޮށް، ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ މެދު މުހިންމު މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

https://sun.mv/228531

ކިރުބާގެ މި ކީނޯޓް ވާނީ، ޚިޔާލުތައް ޢަމަލަށް ބަދަލުކޮށް، އިތުބާރާއެކު ވިޔަފާރިތައް ކުރިއެރުވުމަށް ވިޔަފާރިވެރިންނަށް ބޮޑު ހިތްވަރަކަށް ކަމަށް އެމްއައިބީން ބުނެއެވެ.

comment ކޮމެންޓް