2028ގެ ރިޔާސީ އިންތިޚާބުގެ ކަރުދާހުގައި އޮންނާނީ ނަޝީދުގެ ނަން، ފައްޔާޒު އެ ފުރުސަތު ދެއްވާނެ: ބޮންޑޭ

ބޮންޑޭ: ވިދާޅުވީ، ދެން އޮންނަ ރިޔާސީ އިންތިޚާބުގެ ކަރުދާހުގައި އޮންނާނީ ނަޝީދުގެ ނަން ކަމަށް --- ފޮޓޯ/ މަޖިލިސް

ދެހާސް އަށާވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކަރުދާހުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ބަދަލުގައި އޮންނާނީ މިހާރު އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ 'ބާރުހަތަރެއް' ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބޮންޑޭ ވިދާޅުވީ، ނަޝީދުގެ ނަން ދެން އަންނަ ރިޔާސީ އިންތިޚާބުގެ ކަރުދާހުގައި އޮންނާނެ ކަމަށާއި އެ ކަމަށް ފައްޔާޒު ތާއިދުކުރައްވާނެ ކަމަށެވެ.

އެއީ، 2033ގައި ވެރިކަމަށް ގެނައުމަށް އެމްޑީޕީން ނެރުމަށް ތައްުޔާރުވަނީ ފައްޔާޒު ކަމަށްވާތީ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދާއި ފައްޔާޒް: 2028ގެ ރިޔާސީ އިންތިޚާބުގެ ކަރުދާހުގައި އޮންނާނީ ނަޝީދުގެ ނަން ކަމަށް ބޮންޑޭ ވަނީ ވިދާޅުވެފައި --- ސަން ފޮޓޯ/ އަހުމަދު އިޔާދު
2028ގެ ފަހުން އަންނަ އިންތިޚާބަކީ ވަރަށް ބޮޑު ބަދަލެއް. އެ އިންތިޚާބުގައި ފައްޔާޒު ކުރިމަތިލަނީ. އެކަމަކު، 2028ގައި ރައީސް ނަޝީދު. ފައްޔާޒު ގަބޫލުކުރައްވާނެ އެކަންމާފަންނު މެދު ދާއިރާގެ ކުރީގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

މީގެ އިތުރުން، 2028ގެ އިންތިޚާބުގައި ނައިބު ރައީސްކަން ނުވަތަ ސަރުކާރުގެ އެހެން މަގާމެއް ފައްޔާޒު ޚިޔާރުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަން އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ހަމަނުޖެހިއްޖެނަމަ، އެހެން ގޮތަކުން އެ ކަން ހަމަޖެހޭނެ ކަމަށް ބޮންޑޭ ގަބޫލުކުރައްވައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވެރިކަމަށް އައުމަށް ޕާޓީ ތެރޭގައި 'ތަޅައިގަނެގެން' ގޯސްވާނެކަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވެސް ތަޖުރިބާއިން އެނގެއެވެ. އަދި، ގައުމުގެ މުސްތަގުބަލެއް ފަސޭހައިން ފެންނަން އޮތީ ރައީސް ނަޝީދު ވެރިކަމަށް ނެރެގެންކަން އެމްޑީޕީ މެންބަރުންނަށް އެނގެންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮންޑޭ އެހެން ވާހަކަދެއްކެވިއިރު، އެ މަނިކުފާނަށް ތާއިދުކުރާ މީހުން މަދުނޫން ނަމަވެސް، ހުންނެވީ ފައްޔާޒް ވެރިކަމަށް ގެންނަވަން ތާއިދުކުރައްވައިގެން ކަމަށް ނަޝީދު މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފައެވެ.

https://sun.mv/227105

ފާހަގަކުރެވޭ ގޮތުގައި، ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ނަޝީދު ވާދަކުރައްވަން ގިނަ މެންބަރުން ގޮވާލާ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

މީގެ ކުރިން އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ވެސް ރައްދުކުރެއްވި ނަޝީދާއި ފައްޔާޒު އެކުގައި މަސައްކަތްކުރައްވާތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައެވެ.

އެ ދެ ބޭފުޅުން ވަނީ، 'ބޮޑު ބަދަލު'ގެ ނަމުގައި ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ވެސް ހުށަހަޅުއްވައިފައެވެ.

އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާ ގުޅޭ ގޮތުން ވެސް ގިނަ ބަދަލުތަކެއް ވަނީ ހުށަހަޅާފައެވެ.

އެކަން އިއުލާނުކުރެއްވި ދުވަހު ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ޕާޓީގެ ރިޔާސީ ޓިކެޓަށް ފައްޔާޒު އެންޑޯސްކުރައްވައިފައެވެ.

ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނޭ ކަމަށް އަޑު ފެތުރިފައިވެއެވެ.

comment ކޮމެންޓް