ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް ތައާރަފުކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕް ތައާރަފުކުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން....

އެސްއެމްއީ ޑިޖިޓަލްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިތުރު މުހިންމު ކުރިއެރުމެއް ހޯދައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއަދު ތައާރަފްކުރި މި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ހިދުމަތްތައް ހޯދޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕް ތައާރަފުކުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން....

ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް، އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތަކަށް އެދުމާއި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ވަގުތުން ބަލައިލެވޭނެއެވެ.

މީގެއިތުރުން ނަގާފައިވާ ފައިނޭންސިން ފެސިލިޓީތައް ބަލައި މެނޭޖްކުރުމާއި، ފަސޭހަކަމާއެކު ފެސިލިޓީތަކަށް ފައިސާ ދެއްކުމުގެ އިތުރުން ވަގުތުން ނޮޓިފިކޭޝަންތައް ލިބި، މުއާމަލާތްކުރެވޭނެ އިންތިޒާމުވެސް މި އެޕްގައި ވަނީ ހަމަޖައްސާފައެވެ.

މޮބައިލް އެޕް އިފްތިތާހު ކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ހިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ހައްލުތައް ހޯދައިދިނުމަށް ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕް ތައާރަފުކުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން....

އަދި މޮބައިލް އެޕް ތައާރަފުކުރުމުން ރަމްޒުކޮށްދެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރާ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

ބަދުރުއްދީން އިތުރަށް ވިދާޅުވީ މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް އެ ކުންފުނިން ކުރާ ދަތުރުގައި ލިބުނު އިތުރު މުހިންމު ކުރިއެރުމެއްކަމަށާއި ކުރިއަށް އޮތްތަނުގައި އާފީޗާތައް މޯބައިލް އެޕަށް އިތުރު ކުރެވޭނެ ކަމަށެވެ.

"އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ހިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ހައްލުތައް ހޯދައިދިނުމަށް. އަޅުގަނޑުމެންގެ މޮބައިލް އެޕް ތައާރަފުކުރުމުން ރަމްޒުކޮށްދެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް އަޅުގަނޑުމެން ކުރާ ދަތުރުގައި ލިބުނު އިތުރު މުހިންމު ކުރިއެރުމެއް. ކުރިއަށް އޮތްތަނުގައި އާފީޗާތައް މޯބައިލް އެޕަށް އިތުރު ކުރެވޭނެ،" ބަދުރުއްދީން ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑިޖިޓަލް ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕް ތައާރަފުކުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން....

މުސްތަގުބަލުގައި މި އެޕް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ވިއްކޭނެ މާކެޓް ޕްލޭސެއް ހިމެނޭހެން އިތުރު ހިދުމަތްތައް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ.

އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕް ސްޓޯ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، އެޕް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވޭނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މި އެޕްލިކޭޝަނަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ގެންގުޅޭ ފުޅާ ތަސައްވަރުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

comment ކޮމެންޓް