ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އިއްޔެ ފެންބޮޑުވެ ހިނގައިގެން އުޅޭ ހާދިސާގައި މަރުވި މީހުންގެ އަދަދު 270އަށް އަރައިފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ގްލޭޝިއާއެއް ވެއްޓި، ކިސަޑާއި ގާ ފައިބައިގެންނެވެ. އަދި ކޯރުތައް ބެދިފައިވުމުން އިތުރަށް ފެންބޮޑުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
މި ހާދިސާގައި ނޭޕާލުން 800 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، ޓިބެޓުން 558 މީހަކު ވަނީ ގެއްލިފައެވެ.
ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ގެއްލުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނެއެވެ. އޭގެ ތެރޭގައި އިންޑިއާގެ 178 މީހުންނާއި، ނޭޕާލުގެ 127 މީހުންނާއި، އެމެރިކާގެ 65 މީހުންނާއި، އޮސްޓްރޭލިއާގެ 35 މީހުންގެ އިތުރުން އިނގިރޭސިވިލާތުގެ 33 މީހުން ހިމެނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން ގެތައް ހަލާކުވެ، މަގުތަކުގައި ފެންބޮޑުވެ، ބްރިޖުތައް ވަނީ އޮޔާ ގޮސްފައެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މީހުން ސަލާމަތްކުރާ ޓީމުތަކުން މިހާރު ވެސް ދަނީ ކުރަމުންނެވެ.