ރިސޯޓުތަކުން 40 ޕަސެންޓު ޑޮލަރު މާރުކުރަން އެންގީ، ދިރާސާކޮށްފައެއް ނޫން: ޝަމްހީދު

ޝަމްހީދު: ވިދާޅުވީ، ރިސޯޓުތަކުން 40 ޕަސެންޓު ޑޮލަރު މާރުކުރަން އެންގީ، ދިރާސާކޮށްފައެއް ނޫން ކަމަށް --- ފޮޓޯ/ މަޖިލިސް

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީން 40 ޕަސެންޓު ދިވެހި ބެންކުތަކަށް މާރުކުރަން އެންގީ، އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނޫން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްހީދު ވަނީ، ޑޮލަރުގެ މައްސަލައަށް އަލިއަޅުވާލައްވާފައެވެ.

މިގޮތުން، މި އަހަރުގެ ފަހުކޮޅު ލޯނުތައް ދައްކަން ސަރުކާރުގައި ޑޮލަރެއް ނެތް ކަމަށާއި ޑޮލަރު ނުހުންނަ ކޮންމެ ފަހަރަކު ސަރުކާރުން ދުއްވައިގަންނަނީ، ޑޮލަރު ހުރި ވިޔަފާރިއެއް ނުވަތަ ފަތުރުވެރިކަމުގެ ދާއިރާ ފަހަތުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ކަމަށް ހައްލެއް ގެނައުމަށް މަހެއްގެ ތެރޭގައި ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ބެންކުތަކަށް މާރުކުރުމުން ވެސް މިއަދު ޑޮލަރެއްގެ އަގުހުރީ 23 ރުފިޔާގައި ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމަކީ ސަރުކާރުގެ ބޮޑު ސަޕޯޓެއް ނެތި ކުރިއަރަމުން އަންނަ ދާއިރާއެއްކަން ފާހަގަކުރައްވައި، ޝަމްހީދު ވިދާޅުވީ، ރިސޯޓުތައް ހަދަން ގިނައިން ލޯނު ލިބެނީ ބޭރުގެ ބެންކުތަކުން ކަމަށެވެ.

މިއަދު އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މިގޮތުން، އެ ބެންކުތަކުން ދޭ ބޭރު ފައިސާ ރާއްޖޭގެ ބޯޑަރުން އެތެރެވާއިރަށް، ހިފަހައްޓާކަން އެނގޭއިރަށް ކުރިއަށް ހުރި ރިސޯޓު ޕްރޮޖެކްޓުތަކަށް ލޯނު ނުލިބުމަކީ އެކަށީގެންވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ހޭދަކުރަން ޖެހެނީ ސަރުކާރަށް ޓެކްސް ދައްކާށެވެ. އޭގެއިތުރަށް، ތެޔޮ ބިލާއި ލޯނުތަކާއި ސާވިސް ޗާޖާއި މުސާރައިގެ އެއްބައި ރިސޯޓުތަކުން ދެނީ ޑޮލަރުން ކަމަށްވާއިރު، ރުފިޔާގެ ޑިމާންޑު އިތުރުކުރުވިގެން ނޫނީ ޑޮލަރުގެ މައްސަލަ ހައްލުނުވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދޫކުރަން ޖެހޭނެތާ. އެ ފައިސާ ޑޮލަރުން ދައްކަމުން މުޅި ހުރިހާ ޑޮލަރެއް މާރުކުރަން ބުނުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން" ޝަމްހީދު އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.

މި މައްސަލައިގައި ޕީއެންސީގެ މަޖިލިސް މެންބަރުންގެ ކަންބޮޑުވުންތައް ހުރިކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މި ކަމުގެ ސަބަބުން، ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ، ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓުކުރަން ޖެހިލުންވާނެ ކަމަށް ޝަމްހީދު ގަބޫލުކުރައްވައެވެ.

އެހެންވީމަ މިއީ ދިރާސާކޮށްފައި މި ބޭފުޅުން [ނިންމި] ނިންމުމެއް ކަމަށް ގަބޫލެއް ނުކުރަން. ކުރިން ވެސް ނިންމުމެއް ނިންމާފައި އެ ބޭފުޅުން ދެންނެވި ޑޮލަރުގެ އަގު މައްޗަކަށް ނުދާނެޔޭ. އެކަމަކު، އަޅުގަނޑުމެނަށް ފެނުނީ އެ ފަހަރު ވެސް ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ދިޔަ ތަންހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ރަފެލް މޯލްޑިވްސް ރިސޯޓުގެ މަތިން: ޝަހްމީދު ވިދާޅުވީ، ރިސޯޓުތަކުން 40 ޕަސެންޓު ޑޮލަރު މާރުކުރަން އެންގީ، ދިރާސާކޮށްފައެއް ނޫން ކަމަށް -- ފޮޓޯ/ ރަފެލް މޯލްޑިވްސް

އޭނާ ވަނީ، ބޮޑެތި ސިނާއަތްތަކާއި ރައްޔިތުންނާ ގުޅުން ހުރި މި ފަދަ ބިލުތައް ނިންމާއިރު، ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކުރުމަށް ފަހުގައި އެ ކަން ކުރުމަށް އެދިވަޑައިގެންފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

މި ބިލުގައި ފުރަތަމަ އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ.

https://sun.mv/226549

ނަމަވެސް، ކޮމިޓީން ބިލު ނިންމައި ތަޅުމަށް ފޮނުވުމަށްފަހު، އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލާއެކު، މަޖިލީހުން ފާސްކުރީ ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށެވެ.

އެ އިސްލާހުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެ ބަދަލު ގެންނެވީ ދިރާސާ ކުރެއްވުމަށް ފަހުގައި ކަމަށާއި މި ބަދަލުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ.

މި އިސްލާހުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ގެންނަން ނިންމަވާފައިވާ ކަމަށް އިއުލާނުކުރެއްވި ބަދަލުތަކެކެވެ. މި އިސްލާހުތައް ފާސްކުރިއިރު ކޮމިޓީ މަރުހަލާގައި ރަނގަޅަށް ދިރާސާކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ހާޒިރު ވެސް ނުކުރެއެވެ.

އޭގެއިތުރަށް، މި ބިލާ ގުޅިގެން ރިސޯޓުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް