މައިމީހާ އަށް ނިސްބަތް ކޮށް ހަދައިފައިވާ ރީތި ޅެންތައް ދިވެހިބަހުގައި ވެސް ފެންނާން އެބަހުއްޓެވެ. "މަންމަ މި ދޭ އިހުތިރާމް..." ފަދަ އެތައް ޅެމެއް އަޅުގަނޑުމެންގެ ޅެންވެރީންނަށް އެނގިވަޑައިގަންނަވާނެއެވެ. މިއަދު އަޅުގަނޑު ތިޔަ ލޮބުވެތި ޅެންވެރީންނާއި އަޅުގަނޑުގެ ކޮލަމް ވިދާޅުވާ ބޭފުޅުންނަށް އަރިސްކޮށްލަން ބޭނުންވަނީ އިންޓާނެޓުގައި މި ދުވަސްވަރު ވައިރަލްވަމުން އަންނަ އޭއައިގެ ލަވައެކެވެ. އެ ލަވައިގެ ދިވެހި ތަރުޖަމާ ހިއްސާ ކޮށްލާ ހިތްވީ، ދިވެހި ޅެންވެރީންގެ ގަލަންކޮޅުތަކުން އުފަންކުރުވާ ދިވެހި ޅެންތަކުގެ ތެރެއިން ޅެމަކުން، މި ޅެމުގައި ޅެންވެރިޔާ ފާޅުކޮށްފައިވާ މައިވަންތަ ލޯބީގެ ޝުއޫރުތައް ފެންނާނެ ކަމުގެ ފޮނި އުއްމީދާއެކުގައެވެ.
މި ޅެމަކީ ކުރީން ވެސް ދެންނެވި ފަދައިން އޭއައިން ތައްޔާރުކޮށްފައިވާ ޅެމެއް ވީމާ، މި ލަވައިގެ ޅެންވެރިޔާއާއި މިއުޒިކާއި އަދި އެހެނިހެން މައުލޫމާތުތަކެއް އަޅުގަނޑަށް ހޯދޭ ގޮތެއް ނުވިއެވެ. ފަހަރެއްގައި ފަންނިއްޔާތުގެ މި ފަންނަން އެންމެ ފަރިތަ ނޫންވީމާ އަޅުގަނޑަށް އޭގެ ފުނަށް ފީނައި ނުގަނެވުނީ ކަމަށް ވެދާނެއެވެ. އަޅުގަނޑުގެ މަގުސަދަކީ، ދިވެހި ޅެންވެރީންގެ ޅެންވެރިކަމަށް "ކާނާއެއް" ފޯރުކޮށްދިނުމެވެ. ހާސަރު ގިނަނުކޮށް ޅެމުގެ ތަރުޖަމާއަށް ދަމާ ހިންގަވާށެވެ. މި ލަވައިގެ ތަރުޖަމާ ވިދާޅުވާ އިރު ލަވައިގެ އަސްލު އަޑު އައްސަވައިލެއްވުމަށް ޔޫޓިއުބުގެ ލިންކަށް ވަދެވަޑައިގަންނަވާށެވެ.
.................................
މަންމާއެވެ! އަހުރެންނަކީ ތިބާގެ ލޯބީގެ ދަރަނިވެރިއަކީމުއެވެ.
އޭ މީސްތަކުންނޭވެ. މި މުސްކުޅިޔާގެ ވާހަކަ ފަރުވާތެރިކަމާއެކު އަޑު އަހާށެވެ.
އަހުރެން، ދުނިޔޭގެ ތޮއްޖެހިފައިވާ މީހުންތައް ވެސް ދުށީމެވެ. އަދި އެކަނިވެރިކަމުގެ ރޭތައް ވެސް ދުށީމެވެ.
އަހުރެން، މުދާވެރީންގެ ނުތަނަވަސްކަމާއި ފަގީރުންގެ ހިނިތުންވުންތައް ވެސް ދުށީމެވެ.
އެކަމަކު ކޮންމެ މަންޒަރަކުން ވެސް އަލިކަމާއެކު ހާމަވީ، މައިންގެ ލޯބީގެ ސަދަގާތަކަށް ވުރެ ބޮޑު އެކައްޗެއް ވެސް ނުވާކަމެވެ.
މައިންގެ ދުއާއަށް ވުރެ މަތިވެރި އެކައްޗެއް ވެސް ނުވެއެވެ. އަދި މައިންގެ ފައިތިލައަށް ވުރެ މަތިވެރި ދަރުބާރެއް ނުވެއެވެ.
.................................
މަންމާއެވެ! އަހުރެންނަކީ މަންމަގެ ލޯބީގެ ދަރަނިވެރިއަކީމުއެވެ. ތަކުރާރުކޮށް މި ހިތް، (އެ ވާހަކަ) ބުނަމުން އެބަ ދެއެވެ.
(އަހުރެންނަކީ) ތިބާގެ ދުއާއަށް އެދޭ މީހަކީމުއެވެ. (އަހުރެން) ތިބާގެ ހިޔާވަހިކަން ހޯދުމަށް އެދެމެވެ.
އަހުރެންގެ ކޮންމެ ނޭވާއެއްގައި ތިބާގެ އިހުސާންތެރިކަން ވިދަވިދާ ހުރެއެވެ.
މިއަދު ވެސް އަހުރެންނަކީ ތިބާގެ މައިންވަންތަކަމުން ރައްކާތެރިކަން ލިބިފައިވާ މީހަކީމުއެވެ.
މަންމާއެވެ! އަހުރެންނަކީ ތިބާގެ ލޯބީގެ ދަރަނިވެރިއަކީމުއެވެ.
.................................
ތިބާގެ ދޯޕައްޓާގެ ހިޔާ ލިބުމުން ދުނިޔެ އަހުރެންނަށް ފަސޭހަވިއެވެ. ތިބާގެ ވާހަކަތަކަކީ ﷲގެ "އެންގެވުމެއް" ކަމުގައި ބެލެވުނެވެ.
އަހުރެން ހިތްވަރު އެލޭ ކޮންމެ ފަހަރަކު ވެސް އެހީތެރިއަކަށް ވެ ދިނެވެ.
މަންމާއެވެ! ތިބާގެ ކޮންމެ ލަފުޒަކީ "ގުރުއާން" ކަމުގައި ބެލެވުނެވެ.
މަންމާއެވެ! އަހުރެންނަކީ ތިބާގެ ލޯބީގެ ދަރަނިވެރިއަކީމުއެވެ.

.................................
އޭ ދަރިފުޅާއެވެ! އަހުރެންގެ އުމުރުގެ "ހިރަފުސް" ބޮލުގެ ޒީނަތްތެރިކަމަށް ހެދީމުއެވެ.
އަދި (އަހުރެން)ފަސްއެނބުރި ބަލައިލީމާ ވިސްނެނީ، މައިމީހާގެ އުނގަކީ ފުރަތަމަ ސުވަރުގެކަމެވެ. އަދި މަންމަގެ އަޑަކީ ބަންގިކަމެވެ.
މައިމީހާގެ އިނގިލީގައި ހިފައިގެން ހިނގުމަކީ ފުރަތަމަ ދަތުރުކަމެވެ. އަދި ހަގީގީ އަޅުކަމަކީ، މައިމީހާ އުފަލުގައި ބެހެއްޓުންކަމެވެ.
އެކަމަކު ހާދަ ދެރައެވެ. އިންސާނާއަށް ގިނަފަހަރަށް ވިސްނެނީ މާ ފަހުންނެވެ.
އެ ހިޔާވަހިކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި (އަހުރެން) ދުށްކަމުގައި ވިޔަސް ހަގީގީ މުޅި ދުނިޔެއަކީ އެއީއެވެ.
.................................
ތިބާގެ ލޮލުގައި އަހުރެންގެ ލޮލުގެ ކޮއިގެ އަލިކަން ވިއެވެ.
ތިބާގެ ދުއާ، އަހުރެންގެ މަގުގައި ދިއްލާފައިވާ ހުޅުކޮޅެއް ކަމުގައި ވިއެވެ.
އަހުރެން ދުނިޔޭގެ ދަޅަތަކުގެ ފަހަތުން މަގު އޮޅި ހިނގަމުން ދިޔައީމެވެ.
އެކަމަކު، ތިބާގެ މައިވަންތަކަށް އަހުރެންނާ އެކު ހިނގަމުން ދިޔައެވެ.
އަހުރެންނަށް ލިބެންވާ އުފާވެރިކަމުގެ ހިއްސާ އަހުރެންނަށް ހޯދައިދިނެވެ.
ތިބާގެ ހިއްސާގައިވާ ހުރިހާ ލޮޑުކަމެއް ތިބާ ލިބިގަތެވެ.
ކަލާންގެ ކިބައިން އަހުރެން އެދުނު ކޮންމެ އެއްޗެއް ލިބެމުން ދިޔައެވެ.
ލޯބިވާއެވެ! އެހެން އެ ވީ، ތިބާގެ ދުއާ އަހުރެންގެ ބޯމަތީވީމައެވެ.
.................................
އޭ! މަހެފިލުގެ އަހުލުވެރިންނޭވެ.
ރޭތައް ދިގުވެގެން ދާހިނދު، ގާތް މީހުންނަކީ ވެސް ދުރުބައެއް ކަމަށް ހީވާ ވަގުތުގައި، މާޒީގައި ބަންދުވެފައިވާ ހިތުގެ ދޮރުތައް ވެސް، މައިމީހާގެ ހަނދާންތަކުން ހުޅުވާލަ ދެއެވެ.
މައިމީހާގެ އެންމެ ދުއާއަކުން ވެސް ކުދިކުދިވެފައިވާ އިންސާނާ އަލުން ކޮޅަށް ނަގައިދެއެވެ.
އަދި މައިމީހާގެ އެންމެ ހިނިތުންވަމުކުން ވެސް ހަޔާތުގެ އެތައް ސަތޭކަ ހިތާމަތަކެއް ވެސް ކުޑަކޮށްލަ ދެއެވެ.
އެ ސަބަބަށް ޓަކައި އަހުރެން ކޮންމެ ނޭވާއަކާ އެކު ބުނަމުން މި ދަނީ، މައިމީހާގެ ހައްގު އަދާކޮށްދިނުމަކީ އިންސާނަކަށް ކެރިކުޅަދާނަވެގެންވާ ކަމެއް ނޫން ކަމަށެވެ.
.................................
އަހުރެންގެ ހަށިގަނޑު، ހުން އައިސް ރަތްވެ، ފިހެމުން ދިޔަ އިރު، އަހުރެންގެ ނިތްކުރީގައި މަންމަގެ އަތްތިލައިންފިރުމަމުން ދިޔައެވެ.
ކިތަންމެ ބޮޑު ރިހުމެއް ކަމުގައި ވިޔަސް އަހުރެންނަށް ބިރެއް ނޯވެއެވެ.
މަންމަގެ ސޫރަ އަހުރެންގެ ހިތުގައި ވިދަވިދާ ހުރެއެވެ.
އެ މަންމައަކީ، އަހުރެން ވެއްޓެމުން ދިޔަ ކޮންމެ ވަގުތެއްގައި ރައްކާތެރިކަން ދިން މަންމައެވެ.
އެ މަންމައަކީ، އަހުރެން ރޯލާ ކޮންމެ ވަގުތުތަކުގައި އޭނާގެ ހަމަޖެހުން ގެއްލިދިޔަ މަންމައެވެ.
އޭނާ (މަންމަ)ގެ އިހުސާންތަކުގެ ހިސާބު އަހުރެން ލިޔާނީ ކިހިނެއް ހެއްޔެވެ؟
މަންމާއެވެ! އަހުރެންނަކީ މުޅި އުމުރަށް ވެސް، ތިބާގެ ލޯބީގެ ދަރަނިވެރިއަކީމުއެވެ.
.................................
މި މުސްކުޅި ފަގީރު މިއަދު އެއްބަސްވަމެވެ.
ދުނިޔޭގެ ހުރިހާ ފޮތެއް ކިޔައިގެން ވެސް ނުލިބުނު ފިލާވަޅު، މައިމީހާގެ ނިތްކުރީގައިވާ ރޫތަކުގައި ލިޔެވިފައި ހުއްޓައި ފެނިއްޖެއެވެ.
އޭނާ(މަންމަ)ގެ ހަނުއިނުމުގައި ވަނީ ދުއާއެވެ.
އޭނާ (މަންމަ)ގެ ކަންބޮޑުވުންތަކުގައި ވަނީ އަހުރެމެންގެ ފިކުރެވެ.
އަދި އޭނާ(މަންމަ)ގެ ކޮންމެ ގުރުބާނީއެއްގައި ވަނީ، ހިފެހެއްޓުމެއް ނެތް ލޯބީގެ ކަނޑެވެ.
އެ މިނެއް ނުކުރެވޭނެއެވެ.
.................................
ތިބާ(މަންމަ)ގެ ރޮށީގައި ވަނީ ބަރަކާތެވެ. އަލިކަމެވެ.
ތިބާ(މަންމަ)ގެ ވާހަކަތަކުގައި ވަނީ ވަފާތެރިކަމުގެ އަޅުކަމެވެ.
މީހުން މަންދިރަށާއި ޒިޔާރަތްތަކަށް ވެސް ހިނގައްޖެއެވެ.
އަހުރެންނަށް މަންމަ ސިފަވަނީ ކިޔަމަންވާން ޖެހޭ ސޫރައެއް ކަމުގައެވެ.
އަހުރެންގެ ސަޖިދަތަކުގައި ތިބާގެ ހަނދާންތައް އާވެއެވެ.
އަހުރެންގެ ތައުބާވުމަށް ވެސް ހެޔޮއަސަރުކުރުވައެވެ.
ހިތުގައި މަންމަގެ ތަސައްވުރުކުރެވޭ ހިނދުގައި، އަހުރެންގެ މެއަށް އާ ރޫހެއް ލިބިދެއެވެ.
.................................
އެކުވެރިންނޭވެ. އަޑު އަހާބަލާށެވެ.
އިންސާނާ ކިތަންމެ ބޮޑު ވިޔަސް، އޭނާއަށް ލިބޭ ކާމިޔާބުގެ ފުރަތަމަ ހައްގުވެރިއަކީ މަންމައެވެ.
އެއީ، އޭނާ(މަންމަ)ގެ އަމިއްލަ ހުވަފެންތައް ގުރުބާންކުރުމަށް ފަހު، އަހަރުމެންގެ މަންޒިލް އަހަރުމެންނަށް ހޯދައިދިނީތީއެވެ.
އޭނާ (މަންމަ)ގެ ކަރުނަތައް ފޮރުވުމަށް ފަހު، އަހަރުމެންނަށް ހިނިތުންވުން ހޯދައިދިނެވެ.
އޭނާ(މަންމަ)ގެ ނިދި ވިއްކާލުމަށް ފަހު، އަހަރުންނަށް ހަމަޖެހުން ގަނެދިނެވެ.
ތިބާ(މަންމަ)ގެ އެސްފިޔަތަކުން އަހުރެންގެ މަގަށް ޒީނަތްތެރިކަން ގެނެސްދިނެވެ.
ތިބާ(މަންމަ) އެކަމަށް އެދިގެން، އަހަރެންގެ ކުރިމަގު ކާމިޔާބުކޮށްދިނެވެ.
އަނދިރީގައި ވެސް އަހަރެންގެ މަންޒިލް ދެނެގަންނަމެވެ.
އޭ މަންމާއެވެ. ތިބާ(މަންމަ)ގެ ދުއާއިން އަހަރެންނަށް އަލިކޮށްދިނެވެ.
ތިބާގެ ފައިތިލައިން ހެއްލައިލެވޭ އުނދޯއްޔަކީ އަހުރެންގެ ލޮލުގެ އަނދުނެވެ.
އޭ މަންމާއެވެ. ތިބާ(މަންމަ)ގެ އެސްފިޔަތަކުން އަހުރެންގެ މަގަށް ޒީނަތްތެރިކަން ގެނެސްދިނެވެ.
ތިބާ(މަންމަ) އެކަމަށް އެދިގެން، އަހަރެންގެ ކުރިމަގު ކާމިޔާބުކޮށްދިނެވެ.
................................