މަންމަގެ ނުރުހުމުގައި ތުއްތު ކުއްޖަކު ދައުލަތަށް ނެގިކަމަށް ބުނާ މައްސަލައެއް އެޗްއާރްސީއެމުން ބަލަނީ

އެޗްއާރްސީއެމްގެ ރައީސް ރަމީލާއާއި އިތުރު މެންބަރުން -- ފޮޓޯ: އެޗްއާރްސީއެމް/އެކްސް

އުފަންވުމާއެކު ތުއްތު ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

އެޗްއާރްސީއެމްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން ވިހެއުމަށްފަހު މަންމަގެ ނުރުހުމުގައި ތުއްތު ދަރިފުޅު ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ ބަލަމުންދާކަމަށެވެ.

"ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނެ މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާ މައްސަލަ އަމިއްލަ ފަރާތަކުން މިކޮމިޝަނަށް ހުށައަޅާފައިވެއެވެ. މިކަން މި ކޮމިޝަނުން މިގެންދަނީ ބަލަމުން ކަމުގައި ދަންނަވަމެވެ." އެޗްއާރްސީއެމުން ކުރި ޕޯސްޓުގައި ބުންޏެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ކުއްޖާ ނެގި ސަބަބާމެދު ސުވާލު އުފައްދައި، ކަމާބެހޭ އިދާރާތަކަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

comment ކޮމެންޓް