ވަޒީފާއިން ވަކިކުރި 37 މުވައްޒަފެއްގެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރި 37 މުވައްޒަފެއްގެ މައްސަލަ އިދިކޮޅު އެމްޑީޕީގެ ގާނޫނީ އެހީތެރިކަމާއެކު ވަޒީފާއާ ބެހޭ ޓަރައިބިއުނަލަށް ހުށަހަޅައިފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އެންގުމަށް ފަހު، އެ މަސައްކަތް ތިން މަސް ތެރޭ ނިންމަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ މި މަހުގެ 18 ވަނަ ދުވަހު ކުންފުނިތަކަށް އަންގާފައެވެ.

https://sun.mv/224795

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިހާރު 'ބޮޑު ބަދަލު' އޮފީހުގެ ވެރިޔާ ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ މުވައްޒަފުންގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އެ ޕާޓީން އެހީތެރިވަމުންދާ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީގެ ގާނޫނީ ކޮމިޓީން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިހާތަނަށް 65 މުވައްޒަފެއްގެ މައްސަލަ ޕާޓީން ބަލަމުންދާއިރު އޭގެ ތެރެއިން 37 މައްސަލައެއް ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށް ހަސަން ވަނީ މައުލޫމާތު ދެއްވާފައެވެ.

އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އެމްޑީޕީގެ މެންބަރުން ނޫން ގޮތުގައި ވެސް ގާނޫނީ ވަކީލުންގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާ ވަކީލުން އަޅުގަނޑުމެންނާ އެކު މި މަސައްކަތް ކުރަމުން އެބަ ގެންދަވާ. މިކަން ކުރާއިރު ހެލްޕްލައިނެއް ވެސް ޕާޓީގެ ފަރާތުން ވަނީ ގާއިމްކޮށްފައި. 7341637 މި ނަމްބަރަކީ 24 ގަޑިއިރު ޚިދުމަތް ލިބޭނެ ނަންބަރެއް. ކޮންމެ ގަޑިއެއްގައި ވެސް ގުޅުއްވޭނެ ނުވަތަ މެސެޖުކުރެއްވޭނެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް

ޕީސީބީން ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރުމަށް އަންގާފައިވާ އެންގުމާ ގުޅޭ ގޮތުން ހަސަން ވަނީ އެގޮތަށް މުވައްޒަފުން ކަނޑާލުމުގެ ކުރިން ކޮންމެ ކުންފުންޏަކަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދު ޕީސީބީން ކަނޑައަޅައި އަންގަންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ އިކޮނަމިކް މިނިސްޓްރު ފައްޔާޒު އިސްމާއިލް ވަނީ މި ސަރުކާރުން ދައުލަތުގެ ކުންފުނިތަކުން 33 ޕަސެންޓް މުވައްޒަފުން ކަނޑާލަން އަންގައިފައިވާއިރު އެ ލަނޑުދަނޑިއަށް ވާސިލުވުމަށް 14،000އަށްވުރެ ގިނަ މީހުން ކަނޑާލަން ޖެހޭނެ ކަމަށާއި އެއީ 50،000 އަށްވުރެ ގިނަ މީހުންނަށް އަސަރުކުރާނެ ކަމެއް ކަމަށްވިދާޅުވެފައެވެ.

https://sun.mv/224943

ފައްޔާޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓް މަދުކުރުމަށް، 14،733 މީހުން ކަނޑާލަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް