ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އޮންލައިންކޮށް ލިޔުން ދޫކުރަން ފަށައިފި

ގުޅިފަޅުން ބިންތައް ވެރިފަރާތްތަކާ ހަވާލުކުރުން -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ބިންވެރިޔާ ސްކީމުގެ ދަށުން ކ. ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އޮންލައިންކޮށް ލިޔުން ދޫކުރަން މިއަދު ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން އެ ލިޔުން ދޫކުރީ ގޯތި ލިބުނު މީހުން، ގުޅީފަޅަށް ގެންގޮސްގެންނެވެ. ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާއެކު ޕޯޓަލް މެދުވެރިކޮށް ލިޔުން ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށްޓަކައި 'ހިޔާވަހި ޕޯޓަލް'އަށް އީފާސް މެދުވެރިކޮށް ލޮގިން ވުމަށްފަހު 'ގޯތި ހަވާލުކުރުން' ބަޔަށް ގޮސް ލިޔުން ޑައުންލޯޑް ކޮށްލެވޭނެއެވެ.
އަދި ހަވާލުކުރި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެލުމަށް ކިއުއާރު ކޯޑަކާއި ލިންކެއް ހިމެނޭއިރު އެ ކޯޑު ސްކޭންކޮށްގެން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ތަން މެޕުން ފެންނާނެއެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިދިޔަ އަހަރުގެ ޖުލައި މަހުގެ 12ވަނަ ދުވަހު ފެށިއިރު، މިދިޔަ އޮގަސްޓު މަހުގެ 28އާ ހަމައަށް 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވެއެވެ. އެފަހުން ގުޅިފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެންމެ ފަހުން ގުޅީފަޅުން 41 ފަރާތަކާ ގޯތި ހަވާލުކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ.

https://sun.mv/217030

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ 2024 ވަނަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރަކު ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށްފައިވެއެވެ. އެފަހުން ރަޖިސްޓްރީ ދޫކޮށްފައި ވަނީ އައު ލޭންޑް ޔޫޒް ޕްލޭންގެ ދަށުން އަލުން ގުރު ނެގުމަށް ފަހުގައެވެ.

ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ދޫކުރުމަށް ހެދި އެއްބަސްވުމުގައި ގާނޫނާ ފުށޫ އަރާ ކަމެއް ހުރި ކަމަށް ބުނެ މި ސަރުކާރުން އެއްބަސްވުމަށް ބަދަލުގެނެސްފައިވެއެވެ.

ގޯތިތަކާ މީހުން ހަވާލުވަނީ --- ފޮޓޯ/ ހައުސިން މިނިސްޓްރީ

މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ، ގުޅިފަޅުން ގޯތި ލިބޭ މީހެއްގެ ނަމުގައި 'މާލެ ސަރަހައްދުން' 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް, ހައުސިން މިނިސްޓްރީން އެކުލަވައިލި އައު އުސޫލެއްގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގޯއްޗެއް އޮތް ނަމަ' ކަމަށް ބަދަލުކޮށްފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުރިން ވިދާޅުވީ އެ ބަދަލު ގެންނަން ޖެހުނީ، ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ގޯތި ދޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްއިރު އެ މާއްދާއާ އެއްބަސްވުމާ ފުށޫ އަރާތީ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ހައުސިން މިނިސްޓްރީން މިހާރު ވަނީ އޮންލައިންކޮށް ލިޔުން ދޫކުރަން ފަށާފައެވެ. މީގެ ކުރިން ގޯއްޗަށް ގޮސްގެން ލިޔުން ހަވާލުކުރި ނަމަވެސް، މިހާރު އީފާސް މެދުވެރިކޮށް ހިޔާވަހި ޕޯޓަލްއިން ލިޔުން ޑައުންލޯޑް ކުރެވޭނެއެވެ. ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުން ޖުމުލަ 2438 ގޯތި ދޫކުރުމަށެވެ. އަދި އައު އުސޫލުގެ ދަށުން ރާއްޖޭގެ އެއްވެސް ތަނެއްގައި ގޯއްޗެއް އޮތްނަމަ އެ ގޯތި ދޫކޮށްލަން ޖެހޭގޮތަށް އެއްބަސްވުން ވަނީ ބަދަލުކޮށްފައެވެ.

  • ގޯތި ލިބުނުކަމުގެ ލިޔުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ.
  • ލިޔުމުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކުރުމުން ގޯތި އޮންނަ ސަރަހައްދު މެޕުން ފެންނާނެއެވެ.
  • ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުން ޖުމުލަ 2438 ގޯތި ދޫކުރުމަށެވެ.
  • އައު ލޭންޑް ޔޫޒް ޕްލޭންގެ ދަށުން އަލުން ގުރު ނެގުމަށްފަހު ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
  • ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގޯއްޗެއް އޮތްނަމަ އެ ގޯތި ދޫކޮށްލަންޖެހޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.
comment ކޮމެންޓް