މާލޭގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރި ބަޔަކު ޖޫރިމަނާ ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކުރީ ކުރިކީލަ މަގުގައި ހުންނަ މއ. ބަރުރާ މާޓު ކިޔާ ފިހާރައެކެވެ.
އެ ކައުންސިލުން ސޯޝަލް މިޑިއާގައި ހިއްސާކުރި ފޮޓޮއެއްގައި، އެ ފިހާރައިގެ ބޭރުގައި ގަވާއިދާ ޚިލާފަށް މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުން ގެންދާ މަންޒަރު ފެނެއެވެ. އެގޮތުން ކެޔޮގަނޑު ގަނޑާއި، ބައެއް ކަހަލަ މޭވާ އެއްޗިސް މަގުމަތީ ބަހައްޓައިގެން ވިއްކާ މަންޒަރު ފެނެއެވެ.
ސިޓީ ކައުންސިލުން ބުނީ އެގޮތަށް މުދާ ނުވިއްކުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް އެކަމަށް އެ ފިހާރައިން އިޖާބަ ދީފައި ނުވާތީ ޖޫރިމަނާ ކުރީ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ނަމަވެސް ޖޫރިމަނާ ކުރި އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.