ޑޮލަރުގެ އަގު ދަށްނުވަނީ ކީއްވެތޯ އެހުމުން ސައީދު: ޞާލިހާއި ނަޝީދާ ސުވާލުކުރަން ފެނޭ

ރައީސް ނަޝީދާއި ރައީސް ޞާލިހާއި އިނޮމިކް މިނިސްޓަރު: ޑޮލަރުގެ އަގު ދަށްނުވަނީ ކީއްވެތޯ އެހުމުން ސައީދު ވިދާޅުވީ، ނަޝީދާއި ޞާލިހާ ސުވާލުކުރަން ފެނިވަޑައިގަންނަވާ ކަމަށް --- ސަން ގްރެފިކްސް، ޝައްމޫން މުހައްމަދު

ޑޮލަރުގެ އަގު ދަށްނުވަނީ ކީއްވެތޯ، ކުރީގެ ދެ ރައީސުން، މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުގައި ސުވާލުކުރަން ފެނިވަޑައިގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ސައީދު 2024 ލ. މާވަށުގައި ވިދާޅުވީކަން ފާހަގަކޮށް، ސަރުކާރުން ޑޮލަރުގެ އަގު ދަށްނުކުރަނީ ގަސްތުގައިތޯ މިނިސްޓަރާ ސުވާލުކޮށްފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ ދަރަނިވެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މި ގައުމުގެ އިގުތިސާދަކީ އިތުބާރު އޮތް އިގުތިސާދެއްގެ ގޮތުގައި ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށެވެ. އެ ކަމަކީ، ރައީސް ޞާލިހަށް ނުވި ކަމެއް ކަމަށް ވިދާޅުވެ، ރާއްޖެ ދަރުވާލީ ޞާލިހު ކަމަށް މިނިސްޓަރު ތުހުމަތުކުރެއްވިއެވެ.

އެ ދުވަހު މާވަށުގައި ވެސް ވިދާޅުވީ އެ ވާހަކަ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ނަވާރަ ވަނަ މަޖިލީހުގެ ރައީސްކަން ނަޝީދު ކުރެއްވިއިރު، ޞާލިހުގެ ސަރުކާރު ފެއިލްވަމުން ވެއްޓެމުންދާ ކަމަށް އަޑުފުޅަށް ބާރުލައްވާފައި އޭރު ނަޝީދު ވިދާޅުވި ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު - ފޮޓޯ: އަދަދު

ސައީދު އެ ފަދައިން ވިދާޅުވިއިރު، އެ ދުވަސްވަރު އޮތީ އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދި، ނަޝީދާއި ޞާލިހާ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އަދި، އެ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. އެކަމަކު، ފަހުން ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

[ޑިމޮކްރެޓުގައި ނަޝީދުމެން] ތިއްބަވައިގެން ހަމަ ރައީސް ޞާލިހުގެ ސަރުކާރު ބަދަލު ކުރަން ޖެހެޔޭ [ވިދާޅުވަމުން ދިޔައީ] އެއީ ފައިސާ ޗާޕުކުރާތީއޭ. ދެފުށްނުފެންނާތީއޭ [އޭރު ނަޝީދުމެން ވިދާޅުވީ] ވައްކަން ގިނަވެގެންނޭ. މި ޕޯޑިއަމްގައި ހުރެގެން މި ކަހަލަ ވާހަކަ ދައްކަން ވެސް އުނދަގޫ. އެހެންވީމަ އެ ބޭފުޅުންނާ ކަންނޭނގެ ސުވާލުކުރަންވީ ރާއްޖެ ދަރުވާލީ ކީއްވެހޭއިކޮނޮމިކް އެންޑް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު

މިގޮތުން، ނަޝީދާ ސުވާލުކުރައްވަންވީ، އޭރު ޞާލިހުގެ ސަރުކާރުގައި ދެފުށްނުފެނި، ހާމަކަންބޮޑު ގޮތެއްގައި ކޮރަޕްޝަން ހިންގާ ކަމަށް ވިދާޅުވީ ކީއްވެތޯ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި، ޞާލިހާ ސުވާލުކުރައްވަންވީ ނަޝީދު އެ ވިދާޅުވާ ކަންތައްތަކުގެ ވާހަކަ އޮޅުންފިލުވުމަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ، ޞާލިހުގެ ސަރުކާރުގައި ލިބުނު ހިލޭ އެހީއާ އަޅާ ބަލާއިރު، ފައިސާ ޗާޕުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް، އެ ސަރުކާރުގައި ފައިސާ ޗާޕުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އެ ފަދައިން ވިދާޅުވިއިރު، ޑޮލަރުގެ އަގު ދަށް ކުރައްވާނެ ކަމަށް އެތައް ފަހަރަކު މިނިސްޓަރު ވިދާޅުވިއެވެ. އެކަމަކު، އެ މައްސަލައަށް ހައްލެއް އައިސްފައި ނުވާއިރު، ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް މަހެއް ވެއްޖެއެވެ.

އިގުތިޞާދީ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވިދާޅުވީ، ގައުމެއްގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދިގެންދާނީ އެ ގައުމެއްގައި އޮންނަ ސަރުކާރެއް ފެއިލްވުމުން ކަމަށެވެ.

https://sun.mv/223998

މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ މައްސަލަ ހައްލުކޮށް، ކަޅުބާޒާރު ނިމުމަކަށް ގެންނާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރި ތިން އަހަރާ ގާތްވަމުން އަންނައިރުވެސް ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބި، އާންމުން ދަނީ ޑޮލަރު ލިބުން ދަތިވުމުގެ ޝަކުވާ ކުރަމުންނެވެ.

މީގެ އިތުރުން އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ ކަންބޮޑުވުން ވެސް ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.

ރާއްޖޭގައި ޑޮލަރުގެ އަގު ދަށްނުވާ ސަބަބާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ އެ މައްސަލައިގެ ޒިންމާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް އަމާޒުކުރައްވާފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، ކުރީގެ ސަރުކާރުން ދަރަނިވެރިކޮށްފައިވާ ދިވެހި އިޤުތިޞާދު ސަލާމަތްކޮށް، އިތުބާރު ހުރި ނިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން ފައިސާ ޗާޕުކުރުމާއި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ރައީސް ޞާލިޙާއި ރައީސް ނަޝީދާ ސުވާލުކުރެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް، ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން ވައުދުވެފައިވީ ނަމަވެސް، ޑޮލަރުގެ އަގު ކަޅުބާޒާރުގައި ވިހި ރުފިޔާއަށްވުރެ މަތީގައި ހުންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ޑޮލަރުގެ ކަޅުބާޒާރެއް އޮތުމަކީ ސަރުކާރު ފެއިލްވުން ކަމަށެވެ. މީގެ އިތުރުން، ސަރުކާރަށް ތިން އަހަރާ ގާތްވަމުން އަންނައިރު، ޑޮލަރު ލިބުމުގެ ދަތިކަމާއި އިންފްލޭޝަން މަތިވެ ތަކެތީގެ އަގު ބޮޑުވުމުގެ ޝަކުވާ ޢާންމު ރައްޔިތުން ދަނީ ކެނޑިނޭޅި ކުރަމުންނެވެ.

  • ޑޮލަރުގެ މައްސަލައިގައި ސުވާލުކުރަންޖެހެނީ ކުރީގެ ރައީސް ޞާލިޙާއި ރައީސް ނަޝީދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
  • ރާއްޖޭގެ އިޤުތިޞާދު ދަރުވާލައި، ބޭނުމެއް ނެތި ފައިސާ ޗާޕުކޮށްފައިވަނީ ކުރީގެ ސަރުކާރުން ކަމަށް ތުހުމަތުކުރެއްވިއެވެ.
  • ޑޮލަރުގެ ކަޅުބާޒާރެއް އުފެދުމަކީ ސަރުކާރެއް ފެއިލްވުމުގެ އަލާމާތެއް ކަމަށް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
  • ޑޮލަރުގެ އަގު ވިހި ރުފިޔާއިން މަތީގައި ހުންނަތާ އެތައް މަހެއް ވެފައިވާއިރު، މިކަމަށް އަދިވެސް އެދެވޭ ޙައްލެއް ލިބިފައެއް ނުވެއެވެ.
  • ސަރުކާރަށް ތިން އަހަރު ގާތްވަމުން އަންނައިރު، އިންފްލޭޝަން މަތިވެ ތަކެތީގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.
  • ސަރުކާރުން ޑޮލަރުގެ މައްސަލައިގެ ޒިންމާ ކުރީގެ ވެރިންގެ ބޮލުގައި އެޅުވުން.
  • އިޤުތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ޙައްލެއް ނުލިބުން.
  • ޑޮލަރުގެ ތާށިކަމާއި އިންފްލޭޝަންގެ ސަބަބުން ޢާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވުން.
  • "ސެންޓިމެންޓް": {
  • "އޯވަރޯލް": "ނެގެޓިވް",
  • "ސްކޯރ": 0.85,
  • "އިމޯޝަންސް": [
  • "ކަންބޮޑުވުން",
  • "ޝަކުވާ"
  • ],
  • "ކީވޯޑްސް": [
  • "ޑޮލަރު",
  • "އިޤުތިޞާދު",
  • "ކަޅުބާޒާރު"
  • ]
  • }
comment ކޮމެންޓް