ދުވަހުން ދުވަހަށް މަޝްރޫއުތަކުގެ ކަންކަން ބެލުމަށް، ކޮންމެ މިނިސްޓްރީއެއްގައި ޚާއްސަ ޔުނިޓެއް އުފައްދަނީ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން: ދުވަހުން ދުވަހަށް މަޝްރޫއުތަކުގެ ކަންކަން ބެލުމަށް، ކޮންމެ މިނިސްޓްރީގައި ޚާއްސަ ޔުނިޓެއް އުފައްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ދުވަހުން ދުވަހަށް މަޝްރޫއުތަކުގެ ކަންކަން އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާން ޚާއްސަ ޔުނިޓެއް, ކޮންމެ މިނިސްޓްރީއެއްގައި އުފެއްދުމަށް ވަޒީޒުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ވަނީ، ސަރުކާރުން ޢާންމުންނަށް ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށާއި ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

އޭގެތެރެއިން އެއް ކަމަކީ، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުންކުރާ "ދުވެލި" ޕޯޓަލާއި ފިނޭންސް މިނިސްޓްރީން ހާދަފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ސިސްޓަމް" ޕޯޓަލް މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުމެވެ. އަދި، އެ ޕޯޓަލްތައް ވަގުތުން ވަގުތަށް އަދާހަމަ ކުރުމަށް އެ މަޖިލީހުގައި ނިންމަވާފައިވެއެވެ.

އެއާޕޯޓެއް އެޅުމަށް ބިން ހިއްކަނީ: ދުވަހުން ދުވަހަށް މަޝްރޫއުތަކުގެ ކަންކަން ބެލުމަށް، ކޮންމެ މިނިސްޓްރީގައި ޚާއްސަ ޔުނިޓެއް އުފައްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ދެން އެ މަޖިލީހުން ނިންމަވާފައި ވަނީ، މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި އެކި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ ކަން ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީގައި ޚާއްސަ ޓީމެއް ގާއިމުކުރުމަށެވެ.

މީގެއިތުރުން، މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް ކޮންމެ މިނިސްޓްރީއެއްގައި ގާއިމުކުރުމަށް ވަނީ ނިންމަވަފާއެވެ.

ވަޒީރުންގެ މަޖިލީހުގައި ވަނީ، ހައުސިން މިނިސްޓްރީން ހިންގާ މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމުމަށްޓަކައި، އެ މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީއާއެކު ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ފާސްކޮށްފައެވެ.

އެއާއެކު، އަންނަ އަހަރުގެ ޖަނަވަރީ ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލް ވިއުގައިން ގުޅާލުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށް ނިންމެވިއެވެ.

ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކުރައްވައި، މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްގީކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުންކަމުގައި ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މަޝްރޫއުތައް އަވަސް ކުރުމަށް ވަޒީރުންގެ މަޖިލީހުން ފިޔަވަޅުތަކެއް އެޅުއްވިއިރު، ސަރުކާރުން ފެށި ގިނަ މަޝްރޫއުތަކެއް ކުރިއަށް ނުދާ ކަމުގެ ޝަކުވާ އާންމުން ކުރެއެވެ. އަދި، އެކި ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނާއި މެންބަރުން ވެސް އެ ކަން ފާހަކުރައްވައެވެ.

https://sun.mv/224000

އެ ކަމަށް އިޝާރަތްކުރައްވައި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ ބައެއް ތަރައްގީގެ މަޝްރޫޢުތައް އެންމެ ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުދިޔަ ނަމަވެސް، އެއީ އެ މަސައްކަތްތައް ހުއްޓާލުން ނޫން ކަމަށެވެ. އަދި، ހުރިހާ މަޝްރޫޢުތަކެއް ވެސް ތާވަލާ އެއްގޮތަށް ނިންމަވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު މިއަދު ދެއްވިއެވެ.

ސަރުކާރުގެ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށްޓަކައި، ކޮންމެ މިނިސްޓްރީއެއްގައި ޚާއްޞަ ޔުނިޓެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، މަޝްރޫޢުތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް ފިނޭންސް މިނިސްޓްރީގައި ޚާއްޞަ ޓީމެއް އެކުލަވާލުމާއެކު، ކަމާގުޅޭ މައުލޫމާތުތައް ޕޯޓަލްތަކުގައި އަދާހަމަކުރުމަށް ވަނީ އަންގަވާފައެވެ.

  • ކޮންމެ މިނިސްޓްރީއެއްގައި މަޝްރޫޢުތައް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް އުފެއްދުން.
  • މައްސަލަތައް ޙައްލުކުރުމަށް ފިނޭންސް މިނިސްޓްރީގައި ޚާއްޞަ ޓީމެއް ގާއިމުކުރުން.
  • ދުވެލި އަދި ޕިމްސް ޕޯޓަލް މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުން.
  • އަންނަ އަހަރުގެ ޖަނަވަރީގެ ނިޔަލަށް މުޅި ރާއްޖެ އާރްޓީއެލް ވިއުގައިން ގުޅާލުން.
  • ރަށްރަށުގައި ކެމިކަލް ގުދަންކުރުން މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި ކުރުމަށް ނިންމުން.
  • މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް އައު އޮނިގަނޑެއް އެކުލަވާލުން.
  • އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، މަސައްކަތްތައް އަވަސްކުރުން.
  • ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދީ، އާންމު ޚިދުމަތްތައް ފުޅާކުރުން.
comment ކޮމެންޓް