"އެއްވެސް ސަރުކާރަކުން ނުދޭ ވަރަށް މި ސަރުކާރުން އާންމު ސިއްހަތު ރައްކާތެރިކުރަން އަހައްމިޔަތުކަން ދޭ"

ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ.... ފޮޓޯ/ ހެލްތް މިނިސްޓްރީ

މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުދޭ މިންވަރަށް އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ނޭދެވޭ އާދަތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި މީގެ ކުރިން އެންމެ ބޭނުންވާ ވަރަށް ކާމިޔާބީ ނުލިބުމުގެ މާޔޫސްކަން އޮތް ނަމަވެސް، މިއަދު އެ ހާލަތު ބަދަލުވެފައިވާ ކަމަށެވެ.

https://sun.mv/223810

މި ރަސްމިއްޔާތުގައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕޭން ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މިއީ ހޭލުންތެރިކުރުމާއި، ދުންފަތް ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ދޭ 'ސެޒޭޝަން' ޚިދުމަތް ފުޅާކުރުމުގެ އިތުރުން، ގާނޫނާއި ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ފަރުމާކޮށްފައިވާ ވަށާޖެހޭ މަސައްކަތެކެވެ. މީގެ މަގްސަދަކީ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ދުންފަތުގެ ނުރައްކަލުން ގައުމު ސަލާމަތްކުރުމެވެ.

ވަޒީރު ޤީލާ ވިދާޅުވީ، ވޭޕް އެތެރެކޮށް ވިއްކުން މަނާކުރުމާއި 'ޖެނެރޭޝަނަލް ބޭން' ތައާރަފްކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ފާއިތުވި ދެ އަހަރު ތެރޭގައި ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.

"ދުންފަތް ކޮންޓްރޯލްކޮށް އަދާއި މާދަމާގެ ޖީލު ރައްކާތެރިކުރުމަށް ހަރުދަނާ ވަށާޖެހޭ އަދި ދެމެހެއްޓެނިވި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން މިވަނީ ވޭތުވެދިޔަ ދެ އަހަރުތެރޭގައި ތަންފީޒު ކުރަން ފަށާފައި. އޭގެ ހެޔޮ ނަތީޖާ މާތްﷲގެ އިރާދަފުޅާއެކު މާލަހެއް ނުވެ ފެނިގެންދާނެ،" ވަޒީރު ޤީލާ ވިދާޅުވިއެވެ.

https://sun.mv/223754

ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ކުރިން ބޮޑުކުރި ސިނގިރޭޓް ޑިއުޓީ (ސިނގިރޭޓަކުން 8 ރުފިޔާ) އަނބުރާ 4 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ބިލެއް ހުށަހަޅާފައެވެ.

އަދި މި ބިލު ދިރާސާކުރަން ކޮމިޓީއަށް މިހާރު ފޮނުވާފައިވާއިރު، ނިމުނު މަހުގެ 31 ގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން, އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ބަދަލު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, (ޑަބްލިޔުއެޗްއޯ) ގެ އިރުޝާދަށް ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

https://sun.mv/223810

ނަމަވެސް މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމީ ކޮން ގޮތަކަށް ވިސްނައިފައިތޯ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަށް ވެސް ވަޒީރު ޤީލާއަށް ޖަވާބުދެއްވިފައެއް ނުވެއެވެ. އެކަމަނާ ވިދާޅުވީ އެ ސުވާލުގެ ޖަވާބު ފަހުން ދެއްވާނޭ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކުރީގެ އެއްވެސް ސަރުކާރަކުން ނުދޭ މިންވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ސިއްހަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މީމު އަތޮޅު މުލަކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމަށް މީގެ ކުރިން އޮތް މާޔޫސްކަން މިހާރު ފިލައިގޮސްފައިވާ ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ދުންފަތް ކޮންޓްރޯލްކުރުމުގެ ގައުމީ ކެމްޕޭނެއް ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު، މިއީ ހޭލުންތެރިކުރުމާއި، ދުންފަތް ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ގާނޫނުތައް ތަންފީޒުކުރުން ހިމެނޭ ވަށާޖެހޭ މަސައްކަތެކެވެ. ވޭޕް އެތެރެކުރުމާއި ވިއްކުން މަނާކުރުމުގެ އިތުރުން، އާ ޖީލުތަކަށް ދުންފަތް މަނާކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުން، މީގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް، ސިއްހަތަށް އިސްކަންދޭކަމަށް ސަރުކާރުން ބުނަމުންދާ މި ދަނޑިވަޅުގައި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. މި ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވާއިރު، ހޯމްލޭންޑް ސެކިއުރިޓީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ވިސްނަމުންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުގެ ދަށުން ކަމަށެވެ. މީގެ އިތުރުން، ސިނގިރޭޓުގެ އަގު ހެޔޮކުރުމަށް ނިންމި ސަބަބާ ގުޅޭގޮތުން މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަށް ސިއްހަތާ ބެހޭ ވަޒީރު ޤީލާ ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

  • ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މީމު މުލަކުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުން.
  • މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތައް ގުޅިގެން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕޭނެއް އިފްތިތާހުކުރުން.
  • ވޭޕް މަނާކުރުމާއި އާ ޖީލަށް ދުންފަތް މަނާކުރުމުގެ ސިޔާސަތުތައް ސަރުކާރުން ތަންފީޒުކުރަން ފެށުން.
  • ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުން.
  • ޑިއުޓީ ކުޑަކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދާ އެއްގޮތަށްކަމަށް ވަޒީރު އިޙްސާން ވިދާޅުވުން.
  • ޑިއުޓީ ކުޑަކުރާ ސަބަބާމެދު މަޖިލީހުގައި ކުރެވުނު ސުވާލަށް ސިއްހަތާ ބެހޭ ވަޒީރު ޖަވާބުދެއްވާފައި ނުވުން.
  • އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދިނުން.
  • ވޭޕް މަނާކުރުމާއެކު ދުންފަތާ ދެކޮޅަށް ގައުމީ ފެންވަރުގެ ކެމްޕޭނެއް ފެށުން.
  • ސިނގިރޭޓުގެ ޑިއުޓީ އަނބުރާ ކުޑަކުރުމަށް ސަރުކާރުން ނިންމުމުން ސިޔާސަތާމެދު ސުވާލު އުފެދުން.
  • ޑިއުޓީ ކުޑަކުރުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދެއްކަމަށް ސަރުކާރުން ބުނުން.
comment ކޮމެންޓް