ސާމްޕާ ސަރަހައްދަށް ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުމަށް އިތުރު ފުރުސަތެއް

ރާއްޖޭގައި އުޅޭ ފެހުރިއްސެއް: ސާމްޕާ ސަރަހައްދަށް ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުމަށް އިތުރު ފުރުސަތެއް -- ފޮޓޯ: ޓުވިޓާ

ރާއްޖޭގައި ހިމާޔަތްކޮށްފައި ކަނޑުގެ ސަރަހައްދެއް ކަމުގައިވާ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) އަށް ވަންނަ އުޅަނދުފަހަރުގައި މި މަހުގެ ނިޔަލަށް ޕްރޮޕެލާ ގާޑު ނުވަތަ ބުރަފަތީގައި ގާޑުއެޅުވުމަށް އިތުރު ފުރުސަތެއް ދީފިއެވެ.

ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުފަހަރުގެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކުރަން ނިންމައި، އެކަން ސަރުކާރުން އިއުލާނުކުރީ ނިމުނު 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައެވެ.

https://sun.mv/223375

އެންވަޔަރަމެންޓް ރެގިއުލޭޝަން އޮތޯރެޓީ (އީއާރްއޭ)އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ފެހުރިހި ހިމާޔަތްކުރުމަށް ހަދާފައިވާ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ފަދައިން ސަމްޕާ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައި މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބުރަފަތީގައި ގާޑުއަޅުވަން ޖެެހޭ ކަމަށެވެ.

އަދި އެ މުއްދަތު ހަމަވުމުން އެ ސަރަހައްދަށް ވަނުމަށް ރަޖިސްޓްރީ ކޮށްދެވޭނީ ގާޑު އެޅުވުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް އެކަނި ކަމަށް އީއާރްއޭއިން ވަނީ ބުނެފައެވެ.

ނަމަވެސް މި މަހުގެ 30ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އެ މުއްދަތުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ބުރަފަތީގައި ގާޑު އެޅުވުމަށް އިތުރު މުއަދަތެއް ދެވޭނެ ކަމަށް އީއާރްއޭގެ ބަޔާނުގައިވެއެވެ.

އީއާރްއޭއިން ވަނީ އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އެ އޮތޯރެޓީއިން ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ފެހުރިހި ހިމާޔަތްކުރުމަށްޓަކައި ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުފަހަރުގެ ބުރަފަތީގައި ގާޑު އެޅުވުމަކީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ސަރުކާރުން މަޖުބޫރުކޮށްފައިވާ ކަމެކެވެ. މިގޮތުން، މި އުސޫލަށް އަމަލުކުރުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ފުރުސަތު ދީފައެވެ. މި މުއްދަތު ހަމަވުމަށްފަހު އެ ސަރަހައްދަށް ވަނުމަށް ރަޖިސްޓްރީ ކޮށްދެވޭނީ ހަމައެކަނި ގާޑު އަޅުވާފައިވާ އުޅަނދުތަކަށެވެ. ނަމަވެސް، މި މަހުގެ 30 ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ގާޑު އެޅުވުމަށް އިތުރު މުއްދަތެއް ލިބޭނެކަމަށް އީއާރްއޭއިން ވަނީ ބުނެފައެވެ. އަދި މި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

  • ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުތަކުގައި ގާޑު އެޅުވުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހެވެ.
  • މިއީ ފެހުރިހި ހިމާޔަތްކުރުމަށްޓަކައި 2025 ވަނަ އަހަރުގެ ފެބުރުވަރީގައި އިއުލާނުކުރި ނިންމުމެކެވެ.
  • ސުންގަޑީގެ ފަހުން ރަޖިސްޓްރީ ކޮށްދެވޭނީ ގާޑު އަޅުވާފައިވާ އުޅަނދުތަކަށް އެކަންޏެވެ.
  • 30 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް އިތުރު މުއްދަތެއް ލިބޭނެއެވެ.
  • ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާމެދު އީއާރްއޭއިން ފިޔަވަޅު އަޅާނެއެވެ.
  • ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރު.
  • ސުންގަޑިއަކީ މި މަހުގެ 30.
  • ފެހުރިހި ހިމާޔަތްކުރުމަކީ މައިގަނޑު މަގުސަދު.
comment ކޮމެންޓް