"އެމްއެމްއޭގެ ފިޔަވަޅަކީ ތަނެއް 'ކަހައިގަތީމައި ކަހާލުން'، މުނައްވަރު ޖެހޭނީ ޑޮލަރުގެ ކަންކަމާ ދުރުގައި ހުންނަން"

ޔާމީން ވިދާޅުވީ، އެމްއެމްއޭގެ ފިޔަވަޅަކީ ތަނެއް 'ކަހައިގަތީމައި ކަހާލުން'، މުނައްވަރު ޖެހޭނީ ޑޮލަރުގެ ކަންކަމާ ދުރުގައި ހުންނަން ކަމަށް --- ސަން ފޮޓޯ: މުހައްމަދު ހައްޔާން

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް، ބޭންކުތަކަށް ދޫކުރާ ޑޮލަރު 25 އިންސައްތައަށް އިތުރުކުރުމަކީ ތަނެއް "ކަހައިގަތީމަ ކަހައިލުން" ކަމަށް ވިދާޅުވެ، ޑޮލަރުގެ ކަންކަމުގެ ތެރެއަށް ގަވަރުނަރު އަހުމަދު މުނައްވަރު ވަދެވަޑައިނުގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ އިލްތިމާސްކުރައްވައިފިއެވެ.

ޕީއެންއެފުން މިރޭ ބޭއްވި ޓައުންހޯލް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މިއަދު ކުރިއަށް ވުރެ ބޮޑަށް ރާއްޖެ ފަގީރުވެއްޖެ ކަމަށެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައިގެ ސިޔާސަތެއް އޮތްނަމަ، ރާއްޖޭގެ ފައިސާގެ އަގު މިހާ ބޮޑަށް ނުވެއްޓޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި، ބަދަލުތަކެއް ނައިސްފިނަމަ، ޑޮލަރު އަގު 21 ރުފިޔާއަށް އަރާނެ ކަމަށް އެ މަނިކުފާނު ލަފާކުރައްވައެވެ.

ޔާމީން އެފަދައިން ވިދާޅުވިއިރު، ރާއްޖެ އެތެރެވާ ބޭރުގެ ފައިސާގެ އަދަދު މަދުވެ، ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.

އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް ބޭންކުތަކަށް, އެމްއެމްއޭއިން ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރީ ޑޮލަރުގެ މައްސަލައިގެ ވާހަކަ ދައްކާތީ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު: ޑޮލަރުގެ ކަންކަމާ ދުރުގައި މުނައްވަރު ހުންނެވުމަށް ޔާމީން އިލްތިމާސްކުރެއްވި -- ފޮޓޯ/ އެމްއެމްއޭ

އެ ފަދަ ކަމެއް ކުރާނަމަ، އެމްއެމްއޭއަށް ޑޮލަރު ލިބެން ޖެހޭ ކަމަށާއި އެ ބެންކުން ދިވެހި ރުފިޔާ ޗާޕުކުރިޔަސް، ޑޮލަރު ޗާޕެއް ނުކުރެވޭނެކަން ޔާމީން ފާހަގަކުރެއްވިއެވެ.

މީ ވަގުތީ ކަމެއްގެ ވާހަކަ މިދައްކަނީ. ހަމަ ތަނެއް ކަހައިގަތީމައި އެ ތަން ކަހާލާ ވާހަކަ މި ދައްކަނީ. ދެމެހެއްޓެނިވި ގޮތެއްގައި މި ކަން ނުކުރެވޭނެ ކަމަށް ވެއްޖިއްޔާ އަޅުގަނޑު މުނައްވަރަށް ވެސް ދޭނެ ނަސޭހަތަކީ މީގެ ތެރެއަށް ވަންނާނެއް ކަމެއް ނެތޭ،ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

މީގެއިތުރުން، އެމްއެމްއޭއިން ދިވެހި ރުފިޔާއާއި ޑޮލަރު އަގު ހިފަހައްޓަން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ސަރުކާރުގެ ސިޔާސަތާއި ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނާކަށް ނުޖެހޭނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

https://sun.mv/223867

އެ ގޮތަށް އުޅޭނަމަ، އެ ބެންކުން ވެސް ވަނީ ސިޔާސީ 'ޗަރުކޭސް' ކުޅޭ ތަނަކަށް ކަމަށާއި އެ ކަން އެހެން ވެގެން ނުވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ޔާމީން އެ ފަދައިން ވާހަކަދެއްކެވިއިރު، ޑޮލަރުގެ އަގު ބޮޑުވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.

އޭގެއިތުރަށް، ގައުމީ ބޭންކު ބީއެމްއެލްއަށް ލިބޭ ޑޮލަރަށްވުރެ، ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމަށް ބީއެމްއެލްއިން ވަނީ ލިމިޓުތަކެއް ކަނޑައަޅައިފައެވެ.

އެކަމަކު، މި މަސް ނިމުމުގެ ކުރިން ޑޮލަރުގެ ލިމިޓަށް ލުޔެއް ދޭނެކަން އެ ބެންކުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު ފަންސަވީސް އިންސައްތައަށް އިތުރުކުރުމަށް ނިންމި ނިންމުމަކީ ދެމެހެއްޓެނިވި ފިޔަވަޅެއް ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި ވަގުތީ ފަރުވާއެކެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު ސިޔާސީ ކަންކަމުގެ ތެރެއަށް ވެދެވަޑައިނުގެން، ފައިސާގެ އަގު ހިފެހެއްޓުމަށް އިސްކަންދެއްވުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. ސަރުކާރުގެ ހަރުދަނާ އިޤުތިޞާދީ ސިޔާސަތެއް ނެތުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ވެއްޓެމުންދާކަން ފާހަގަކުރައްވައި، ކަންކަން އިސްލާހު ނުކުރެވިއްޖެނަމަ ޑޮލަރުގެ އަގު އެކާވީސް ރުފިޔާއަށް އެރުމަކީ އެކަށީގެންވާ ކަމެއްކަމަށް ރައީސް ޔާމީން ލަފާކުރެއްވިއެވެ.

  • ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަކީ ހަމައެކަނި މައްސަލަ ފޮރުވުމަށް ކުރާ ކަމެއްކަމަށް ސިފަކުރެއްވިއެވެ.
  • އެމްއެމްއޭއަށް ޑޮލަރު ޗާޕުނުކުރެވޭނެތީ، ދެމެހެއްޓެނިވި ގޮތެއްގައި ބާޒާރަށް ޑޮލަރު ފޯރުކޮށްނުދެވޭނެކަން ފާހަގަކުރެއްވިއެވެ.
  • މަރުކަޒީ ބޭންކުން ސިޔާސީ ނުފޫޒުން އެކަހެރިވެ، ދިވެހި ރުފިޔާއާއި ޑޮލަރުގެ އަގު ހިފެހެއްޓުމަށް އިސްކަންދިނުމަށް ގޮވާލެއްވިއެވެ.
  • ޑޮލަރުގެ ތާށިކަމާހުރެ ބޭންކް އޮފް މޯލްޑިވްސްއިން ބޭރުގެ މުއާމަލާތްތަކަށް ލިމިޓުތަކެއް ކަނޑައެޅި ނަމަވެސް، މި މަސް ނިމުމުގެ ކުރިން ލުޔެއް ދޭނެކަން ވަނީ ހާމަކޮށްފައެވެ.
  • އެމްއެމްއޭއިން ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަކީ ދެމެހެއްޓެނިވި އިޤުތިޞާދީ ހައްލެއް ނޫންކަން.
  • މަރުކަޒީ ބޭންކުން ސިޔާސީ ނުފޫޒުން މިންޖުވެ، މާލީ ހަމަޖެހުން ގާއިމުކުރުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން.
  • އިޤުތިޞާދީ ސިޔާސަތުތައް ހަރުދަނާ ނުކުރެވިއްޖެނަމަ ޑޮލަރުގެ އަގު އިތުރަށް އުފުލުމުގެ ނުރައްކާ އޮތްކަން.
comment ކޮމެންޓް