5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން 10 ކައުންސިލަކަށް ނާސަރީ ގާއިމުކުރުމަށް ފައިސާގެ އެހީ ދީފި

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫގެ ދަށުން 10 ކައުންސިލަކަށް ނާސަރީ ގާއިމުކުރުމަށް ފައިސާގެ އެހީ ދީފި --- ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ

ސަރުކާރުން ކުރިއަށް ގެންދާ, ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ނާސަރީ ގާއިމްކުރުމަށް 10 ރަށެއްގެ ކައުންސިލަށް ފައިސާގެ އެހީ ދީފިއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. މި މަޝްރޫއު އިފްތިތާހުކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ތިމާވެށި ދުވަހުއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ މިހާތަނަށް 5.8 މިލިއަނަށް ވުރެ ގިނަ އަހުދު ލިބިފައިވާ ކަމަށާއި 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދިފައިވާ ކަމަށް ބުނެފައެވެ. އަދި މި އަހަރުގެ އަމާޒަކަށް ވެފައިވަނީ އިތުރު އެއް މިލިއަން ގަސް އިންދުން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނީ ދެމެހެއްޓެނެވި ގޮތެއްގައި ގަސް އިންދުމުގެ މަސައްކަތް ކުރުމަށާއި، އުމްރާނީ ވަސީލަތް ތަރައްގީ ކުރުމަށް ޚާއްސަ ސަމާލުކަމެއް މި މަޝްރޫއުގެ ދަށުން ދެވިގެންދާނެ ކަމަށެވެ. ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީ ގާއިމުކުރުމަށް ބޭނުންވާ ގްރާންޓް އެހީ ކައުންސިލުތަކަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ވަނީ މިނިސްޓްރީއާއެކު ސޮއިކޮށްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީތައް ތަރައްގީކުރުމަށް މި މަސައްކަތުގެ ފުރަތަމަ ބުރުގައި ސޮއިކުރެވުނު 10 ރަށުގެ ތެރޭގައި ހިމެނެނީ:

  • ހއ. ކެލާ
  • ށ. މިލަންދޫ
  • ނ. ކެނދިކުޅުދޫ
  • ރ. އިންނަމާދޫ
  • ބ. މާޅޮސް
  • އއ. މަތިވެރި
  • މ. މުލައް
  • ތ. ކިނބިދޫ
  • ގއ. ދާންދޫ
  • ގދ. ތިނަދޫ ސިޓީ

https://sun.mv/213721

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ލ. ގަމުގައި ގަސް އިންދުމަށް ޚާއްސަ ދެ ނާސަރީއަކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނާސަރީއެއް ހަދާނެކަން ސަރުކާރުން މީގެ ކުރިން ވަނީ އިއުލާނުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީތައް ތަރައްގީކުރުމަށް 10 ކައުންސިލަކާއެކު އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށް ފައިސާގެ އެހީ ހަމަޖައްސާފައެވެ. 2024 ވަނަ އަހަރުގެ ތިމާވެށި ދުވަހު އިފްތިތާހުކުރި މި މަޝްރޫއުގެ ދަށުން މިހާތަނަށް 1.6 މިލިއަން ގަސް އިންދިފައިވާއިރު، މި އަހަރުގެ އަމާޒަކީ އިތުރު އެއް މިލިއަން ގަސް އިންދުމެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނެވި ގޮތެއްގައި ގަސް އިންދުމުގެ މަސައްކަތް ކުރުމަށާއި، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމެވެ.

  • ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން 10 ރަށެއްގެ ކައުންސިލަކަށް ނާސަރީ ގާއިމުކުރުމަށް ފައިސާގެ ގްރާންޓް އެހީ ވަނީ ދީފައެވެ.
  • ފައިސާގެ އެހީ ލިބުނު ރަށްތަކުގެ ތެރޭގައި ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލައް، ތ. ކިނބިދޫ، ގއ. ދާންދޫ އަދި ގދ. ތިނަދޫ ސިޓީ ހިމެނެއެވެ.
  • މިހާތަނަށް 5.8 މިލިއަނަށްވުރެ ގިނަ ގަސް އިންދުމުގެ އަހުދު ލިބިފައިވާއިރު، 1.6 މިލިއަން ގަސް ވަނީ އިންދިފައެވެ.
  • މިއަހަރުގެ އަމާޒަކީ އިތުރު އެއް މިލިއަން ގަސް އިންދުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
  • މީގެ ކުރިން ލ. ގަމުގައި ދެ ނާސަރީ އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެއް ނާސަރީ ހެދުމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.
comment ކޮމެންޓް