އީރާން އާއި އެމެެރިކާގެ ރައީސުން ސުލްހައިގެ އެމްއޯޔޫގައި ސޮއިކޮށްފި

ވާސައިލްސް (18 ޖޫން 2026) : އީރާން އާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެށި އުދުވާނީ ހަނގުރާމަ ދާއިމީ ގޮތަކަށް ހުއްޓާލުމުގެ ރަސްމީ އެއްބަސްވުމުގައި އެމެރިކާއާއި އީރާނުގެ ރައީސުން ސޮއިކުރައްވައިފިއެވެ.

މިއީ ހަނގުރާމަ ހުއްޓާލުމުގެ އިތުރުން އީރާނާއި އެމެރިކާ އާ ދެމެދު ސުލްހަ ގާއިމްކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުންވެސް ހިމެނޭގޮތަށް އެކުލަވާލާފައިވާ މޮމޮރަންޑަން އޮފް އަންޑަސްޓޭންޑިންގް އެކެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔާ މައްސަލައާއާއި ހުރުމުޒު ކަނޑުއޮޅީގެ މައްސަލައާއި އީރާން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ދާއިމީ ގޮތަކަށް ހައްލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މި އެމްއޯޔޫގައި ސޮއިކުރުމަށްފަހު ދެގައުމުގެ ދެމެދުގައި އިތުރަށް ވާހަކަ ދައްކައިގެންނެވެ. އެއީ 60 ދުވަހުގެ ތެރޭގައި ހައްލުކުރުމަށެވެ. މިމުއްދަތުގައި އެކަން ނުކުރެވިއްޖެނަމަ އިތުރު މުއްދަތު ދޭގޮތަށެވެ.

މި އެމްއޯޔޫގައި އީރާން އާއި އެމެރިކާގެ ރައީސުން ސޮއިކުރެއްވީ އިލެކްޓްރޯނިކް ކޮށެވެ. ޓްރަމްޕް މީގައި ސޮއިކުރެއްވީ ޖީ-7 ގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ފަރަންސޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރިޕޯޓްތައް ބުނާގޮތުން މި އެމްއޯޔޫގައި ސޮއިކުރެއްވި ވަގުތު ޓްރަމްޕް ހުންނެވީ ފަރަންސޭސިވިލާތުގެ ވަރަށް ތާރީޚީ ގަނޑުވަރެއްކަމަށްވާ ޕެލަސް އޮފް ވާސައިލްސް ގައެވެ. މިއީ ޕެރިސް އާ ތަންކޮޅެއް ދުރުގައި ހުންނަ ގަނޑުވަރެކެވެ.

ވާސައިލްސް ޓްރިޓީ ގައި ސޮއިކުރުން

ވާސައިލްސް ގަނޑުވަރަކީ 1914 އިން 1918 އަށް ހިނގި ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމައިގާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އަތްދަށުން އޭރުގެ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ އުޘްމާނީ ޚިލާފަތާއި ޖަރުމަނުވިލާތާ އަދި އިޓަލީ ބަލި ވުމުން އެ ހަނގުރާމަ ނިންމުމުގެ މަޝްހޫރު އެއްބަސްވުމުގައި ސޮއިކުރި މަޝްހޫރު އަދި ތާރީޚީ ގަނޑުވަރެވެ.

އެހެން އިބާރާތަކުން ދަންނަވާނަމަ މަޝްހޫރު ވާސައިލްސް ޓްރިޓީ ނުވަތަ ޓްރިޓީ އޮފް ވާސައިލްސް ގައި ޔޫރަޕްގެ ބާރުތައް ސޮއިކުރި ގަނޑުވަރެވެ. ލީގް އޮފް ނޭޝަންސް އުފެދިގެން ދިޔައީ މި އެއްބަސްވުމުގެ ނަތީޖާ އެއްގެ ގޮތުންނެވެ.

އީރާން އާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕް ވަނީ އީރާން އާ މުއާމަލާތް ކުރުމާ އަދި އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ ފަސޭހަ ކަމެއް ނޫންކަމާއި އެއީ ވަރަށް ދަތި އުނދަނގޫ ކަމެއްކަމަށް ސިފަކުރައްވާފައެވެ. 14 ނުކުތާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގައި އިލެކްޓްރޯނިކް ކޮށް އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާންވެސް ތެހެރާންގައި ހުންނަ އޭނާގެ އޮފީހުގައި އެވަގުތު ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ކުރިން ސޮއިކުރާ ގޮތަށް އޮތީ ސްވިޓްޒަލޭންޑްގެ ޖެނީވާ ގައެވެ. އިލެކްޓްރޯނިކް ކޮށް މިހާރު އެއްބަސްވުމުގައި ސޮއިކުރުމުން ދެން ޖެނީވާގައި ސޮއިކުރުމަށް ކުރިން ނިންމި ނިންމުމާމެދުވަނީ ސުވާލު އުފެދިފައެވެ.

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ހަނގުރާމަ ދާއިމީ ގޮތަކަށް ހުއްޓާލައި، ސުލްހަ ގާއިމުކުރުމަށް ދެ ގައުމުގެ ރައީސުން ވަނީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް އެއްގައި އިލެކްޓްރޯނިކްކޮށް ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ނިންމާފައިވާއިރު، ނިއުކްލިޔަރ މައްސަލައާއި ހުރުމުޒު ކަނޑުއޮޅީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އިތުރު މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމުގައި އެމެރިކާގެ ރައީސް ސޮއިކުރެއްވީ ޖީ-7 ސަމިޓަށް ފަރަންސޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ތާރީޚީ ވާސައިލްސް ގަނޑުވަރުގައި ހުންނަވައިގެންނެވެ. މިއީ ފުރަތަމަ ބޮޑުހަނގުރާމަ ނިންމުމުގެ މުއާހަދާގައި ސޮއިކުރެވުނު ތާރީޚީ ބިނާއެވެ. ހަމަ އެވަގުތު އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން ވަނީ ތެހެރާންގައި ހުންނަވައިގެން ސޮއިކުރައްވާފައެވެ. ކުރިން ޖެނީވާގައި ސޮއިކުރަން އޮތް މި އެއްބަސްވުން އިލެކްޓްރޯނިކްކޮށް ސޮއިކުރުމުން، ޖެނީވާގެ ބައްދަލުވުމާމެދު ވަނީ ސުވާލު އުފެދިފައެވެ.

  • އީރާނާއި އެމެރިކާއިން ސުލްހައިގެ އެމްއޯޔޫއެއްގައި އިލެކްޓްރޯނިކްކޮށް ސޮއިކޮށްފިއެވެ.
  • އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ހަނގުރާމަ ހުއްޓާލުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ.
  • ނިއުކްލިޔަރ އަދި ހުރުމުޒު ކަނޑުއޮޅީގެ މައްސަލަ 60 ދުވަސް ތެރޭގައި ހައްލުކުރުމަށް ވަނީ ނިންމާފައެވެ.
  • އެމެރިކާގެ ރައީސް ސޮއިކުރެއްވީ ފަރަންސޭސިވިލާތުގެ ތާރީޚީ ވާސައިލްސް ގަނޑުވަރުގައި ހުންނަވައިގެންނެވެ.
  • އީރާނުގެ ރައީސް ސޮއިކުރެއްވީ ތެހެރާންގައި ހުންނަވައިގެންނެވެ.
  • މިއީ 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެކެވެ.
comment ކޮމެންޓް