މިއީ ރާއްޖޭގެ އެއްވަނަ ޓޫރިޒަމް ކުންފުނި، ކުރިއަށް މި ދެވެނީ މާލީ އިންވެސްޓަރުން އިތުބާރުކުރާތީ: ސިޔާމް

15 ޖޫން 2026: ސަން ސިޔާމް ގްރޫޕްގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ: އާއިޝް އަޝްރަފް

ސަން ސިޔާމް ގްރޫޕަކީ މިއަދު ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ބޮޑު އެއް ކުންފުނި ކަމަށާއި، މި ކާމިޔާބީގެ އަސްލަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި އިންވެސްޓަރުން އެ ކުންފުންޏަށް ކުރާ އިތުބާރު ކަމަށް އެ ގްރޫޕްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަން ސިޔާމް ވިލުރީފްގައި މުޅިން އާ 53 ވޯޓާ ވިލާ މިއަދު ސިޔާމް ވަނީ ހުޅުވައިދެއްވައިފައެވެ.

"ސަން" އޮންލައިނަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، އެ ކަމަށް އިޝާރާތްކުރައްވައި ސިޔާމް ވިދާޅުވީ މިއަދަކީ ސަން ސިޔާމް ކުންފުނި ޓޫރިޒަމް ދާއިރާގައި އެއްވަނަ ހޯދި ދުވަސް ކަމަށެވެ.

https://sun.mv/223408

ސިޔާމް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ހޭދަކުރެއްވި 25 އަހަރާއި، އޭގެ ކުރިން ޓްރެވަލް އެޖެންސީއެއް ހިންގުމުގައި ހޭދަކުރެއްވި އަށް އަހަރުގެ ތަޖުރިބާއަކީ މިއަދުގެ ކާމިޔާބީގެ ބިންގާ ކަމަށެވެ. ޓްރެވަލް އެޖެންސީ ހިންގި ދުވަސްވަރު ވެސް އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ މަތީ ފަންތީގައި އަދި އެންމެ ބޮޑު ބެޑް ކެޕޭސިޓީއެއް އޮތް އެޖެންސީ ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.

ސިޔާމް ވިދާޅުވި ގޮތުގައި، ކުންފުނި މިހާ ބޮޑަށް ކުރިއަށް ދިއުމުގެ ސިއްރަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމެވެ. މިއަދު ދުނިޔޭގެ އެކި ބައްރުތަކުގެ ބޭންކުތަކުން ސަން ސިޔާމް ގްރޫޕަށް ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު އިންވެސްޓްކޮށްފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

15 ޖޫން 2026: ސަން ސިޔާމް ގްރޫޕްގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދު "ސަން"އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ: އާއިޝް އަޝްރަފް

"މީގެ ކުރިން އަޅުގަނޑުމެން ބޭންކުތަކަށް ދާންޖެހެނީ ލޯނު ހޯދަން އާދޭސްކުރަން. އެކަމަކު މިއަދު އަޅުގަނޑުމެންގެ ރެޕިއުޓޭޝަން އޮތް ގޮތުން، ބޭންކުތަކުން އައިސް ބުނަނީ ފައިސާ އެބަހުއްޓޭ، އިންވެސްޓް ކުރާށޭ،" ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ބޭންކުތަކުން ފައިސާ ދެނީ ހަމައެކަނި ޕްރޮޖެކްޓަށް ބަލާފައި ނޫން ކަމަށާއި، އެކަން ކުރާ މީހާގެ ތަޖުރިބާއަށާއި، ތެދުވެރިކަމަށް ބަލާފައި ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އާ އީޖާދުތަކަށް އަލިއަޅުއްވާލައްވަމުން ސިޔާމް ވިދާޅުވީ، މިއަދު ފަތުރުވެރިން ބޭނުންވަނީ އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ކަމަށެވެ. އެގޮތުން "ސިޔާމް ވޯލްޑް" އަކީ މުޅި އޭޝިއާގައި ވެސް މިހާރު އެންމެ ރަނގަޅަށް ވިކޭ ރިސޯޓު ކަމަށާއި، "ސަން ސިޔާމް އޮޅުވެލި" އަކީ ދެވަނައަށް އެންމެ ރަނގަޅަށް ވިކޭ ރިސޯޓުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

15 ޖޫން 2026: ސަން ސިޔާމް ގްރޫޕްގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދު ސަން ސިޔާމް އިރުވެލީގައި، އަލަށް ހުޅުވި ވޯޓާ ސޫޓްތައް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ: އާއިޝް އަޝްރަފް

ކުންފުނީގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުންކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، ކުންފުނީގެ މެނޭޖްމަންޓުގެ އިސް މަގާމުތަކުގައި ތިއްބެވީ ގާބިލު ދިވެހިން ކަމަށެވެ. އޭގެ ތެރޭގައި ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޒުލޭޚާ މަނިކާއި، ސީއޯއޯ އައިޝާ ފާއިޒްގެ އިތުރުން އެހެން އިސް ބޭފުޅުން ހިމެނޭކަން ސިޔާމް ފާހަގަކުރެއްވިއެވެ.

ސިޔާމްވަނީ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ސަން ސިޔާމް ވިލުރީފުގައި އަލަށް ތަރައްޤީކުރި 53 ވޯޓަރ ވިލާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތާ ގުޅިގެން ސިޔާމް ވިދާޅުވީ، ކުންފުނީގެ ކާމިޔާބީގެ ބިންގަލަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތަޖުރިބާއާއި ކުންފުނީގެ ތެދުވެރިކަން ކަމަށެވެ. މިއަދު ދުނިޔޭގެ ބޮޑެތި ބޭންކުތަކުން އެ ކުންފުންޏަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާއިރު، މިއީ ކުންފުނީގެ ނަޒާހަތްތެރިކަމާއި އިޚްލާޞްތެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުންފުނީގެ އެންމެ ބޮޑު ރައުސްމާލަކީ ދިވެހި މުވައްޒަފުންކަން ފާހަގަކުރައްވައި، ކުންފުނީގެ އިސް މަޤާމުތަކުގައި ތިއްބެވީ ޤާބިލު ދިވެހިންކަމަށް ވިދާޅުވެ، ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

  • ސަން ސިޔާމް ވިލުރީފުގައި މުޅިން އައު 53 ވޯޓަރ ވިލާ ވަނީ ރަސްމީކޮށް ހުޅުވާފައި.
  • ކުންފުންޏަށް ބައިނަލްއަޤުވާމީ ބޭންކުތަކުން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބިފައިވޭ.
  • ކާމިޔާބީގެ މައިގަނޑު ސިއްރަކީ ޒަމާންވީ ތަޖުރިބާއާއި، ތެދުވެރިކަމާއި، އަދި އިޚްލާޞްތެރިކަން.
  • ސިޔާމް ވޯލްޑް އަދި ސަން ސިޔާމް އޮޅުވެއްލަކީ އޭޝިއާގައި އެންމެ ރަނގަޅަށް ވިކޭ ދެ ރިސޯޓުކަމަށް ފާހަގަކުރެއްވި.
  • ކުންފުނީގެ މެނޭޖްމަންޓުގެ އެންމެ އިސް މަޤާމުތަކުގައި ޤާބިލު ދިވެހިން ތިބުމަކީ ކުންފުނީގެ އެންމެ ބޮޑު އެއް ރައުސްމާލު.
comment ކޮމެންޓް