އީއައިއޭ ނުހަދައި ސީޕްލޭން ޕްލެޓްފޯމް އަޅާތީ ކުނާވަށި ރިސޯޓު 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ވ. ކުނާވަށި ރިސޯޓް -- ފޮޓޯ: ވިޒިޓް މޯލްޑިވްސް

އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް ނުވަތަ އީއައިއޭ ފުރިހަމަނުކޮށް ވ. ކުނާވަށި ރިސޯޓުގައި ސީޕްލޭން ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާތީ އެ ރިސޯޓް ހިންގާ، ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވާރަމެންޓް އިމްޕެކްޓް އެސެސްމެންޓް ނުވަތަ އީއައިއޭ އަކީ ތިމާވެއްޓަށް ކުރާ އަސަރުތައް ބަޔާންކޮށްދޭ ރިޕޯޓެކެވެ.

އެންވަޔަރަމެންޓަލް ރެގިއުލޭޓްރީ އޮތޯރެޓީއިން މިއަދު ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ އެ އޮތޯރެޓީގެ ހުއްދަ ލިބުމުގެ ކުރިން އީއައިއޭގެ މަރުހަލާ ފުރިހަމަނުކޮށް ވ. ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް އެ ރިސޯޓު ހިންގާ ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ އެ އޮތޯރެޓީއިން ބެލުމަށްފަހު ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ ދަށުން ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ 20،000 ރުފިޔާއިން ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކޮށްފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އަދި އެ ޖޫރިމަނާގެ ފައިސާ ބަނޑޭރިޕޭ މެދުވަރިކޮށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށާާއި އެ ކުންފުނިން ކުރިއަށްގެންދާ މަސައްކަތް، ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރުހަމަކުރުމަށްފަހު ކުރިއަށް ގެންދިއުމަށް އީއާރްއޭއިން ވަނީ ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ނަސޭހަތްތެރިވެފައެވެ.

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ އީއައިއޭ ފުރިހަމަނުކޮށް، ވ. ކުނާވަށި ރިސޯޓުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ކުރުމާ ގުޅިގެން، އެ ރިސޯޓު ހިންގާ ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވަނީ އެންވަޔަރަމެންޓަލް ރެގިއުލޭޓްރީ އޮތޯރެޓީއިން 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުގެ ދަށުން، ހުއްދަ ނުހޯދައި މަސައްކަތްކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ އަދަދެވެ. މި މައްސަލައާ ގުޅިގެން ކުންފުންޏަށް ވަނީ ހަރުކަށި އެންގުންތަކެއް އަންގާފައެވެ. އެގޮތުން ޖޫރިމަނާގެ ފައިސާ ދެއްކުމަށާއި، ގަވާއިދުގައިވާ މަރުހަލާތައް ފުރިހަމަކުރުމަށްފަހު މެނުވީ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ވަނީ އަންގާފައެވެ. މިއީ ތިމާވެށީގެ ގާނޫނީ އޮނިގަނޑު ތަންފީޒުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

  • ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވަނީ 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
  • ޖޫރިމަނާކުރީ އީއައިއޭ ފުރިހަމަނުކޮށް ވ. ކުނާވަށީގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ ސަބަބުންނެވެ.
  • މި ފައިސާ 30 ދުވަހުގެ ތެރޭގައި ބަނޑޭރިޕޭ މެދުވެރިކޮށް ދައްކަން ޖެހޭނެއެވެ.
  • މަސައްކަތް ކުރިއަށް ގެންދަންވާނީ ގަވާއިދުގައިވާ މަރުހަލާތައް ފުރިހަމަކުރުމަށް ފަހުގައެވެ.
comment ކޮމެންޓް