ހުކުރު ދުވަހު ހުޅުވި ރަސްފަންނު ފަޅުތެރެއަށް ކަޅުތެޔޮ ވަންނާތީ ބަންދުކޮށްފި

ރަސްފަނު ސަރަހައްދަށް ކަޅުތެޔޮ އަރައިގެން ބަދްކުރެވިފަ.. ފޮޓޯ/ ސިޓީ ކައުންސިލް

މަރާމާތަށްފަހު ހުކުރު ދުވަހުގެ ހެނދުނު އާންމުންނަށް ހުޅުވާލި މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފަޅުތެރެއަށް ކަޅުތެޔޮ ވަދެފައިވާތީ، އެ ސަރަހައްދު އަނެއްކާވެސް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

މި ސަރަހައްދު ބަންދުކުރީ ރަސްފަންނާ ދިމާ ކަނޑުން ފަޅުތެރެއަށް ތެޔޮ ވަދެ، މޫދު ތަގައްޔަރުވުމާ ގުޅިގެންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، މި ސަރަހައްދު ސާފުކޮށް ނިމެންދެން ރަސްފަންނު ސަރަހައްދަށް މޫދަށް ނޭރުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ހުކުރު ދުވަހު އަލުން ހުޅުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިމާވި މައްސަލައެކެވެ.

ސިޓީ ކައުންސިލުން ބުނީ ރަސްފަންނު މޫދަށް އެރޭ ސަރައްހައް ވަދެފައިވާ ކަޅުތެޔޮތައް ނަގާ ނިމުމުން އަލުން ހުޅުވާލާނެ ކަމަށެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި އެތަން ހުޅުވާލާނެ ކަމަށް ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވިއެވެ.

https://sun.mv/223237

މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރަސްފަންނު ބަންދުކޮށްގެން ކުރިއަށްގެންދިޔަ މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށްފަހު، ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން އެ ސަރަހައްދު ބޭނުންކުރެވޭނެ ކަމަށް އިއުލާނު ކުރީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އާންމުކުރި އިއުލާނެއްގައިއެވެ. މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ބޮޑު މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ރަސްފަންނުގެ އުތުރު ފަރާތުގައި ހާއްސަ ފެންހިންދާ ނިޒާމެއް ގާއިމުކޮށް، ކުރިން ޖަހާފައިވާ ހިލަތޮށި އެއްކޮށް ނަގައި، މޫދު ފެން ރަނގަޅަށް ދައުރުވާނެ ގޮތަށް އޮއިދެމޭ ހޮޅިތަކެއް ހިމަނައިގެން އަލުން ވަނީ ހިލަތޮށި ޖަހާފައެވެ. މީގެ ބޭނުމަކީ މީގެ ކުރިން ދިމާވަމުންދިޔަ ފެން ތަޣައްޔަރުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.

ރަސްފަންނަކީ މާލޭގެ ގިނަ ބަޔަކު މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދަކަށް ވީނަމަވެސް، މީގެ ކުރިން ފެން ދައުރުނުވުމާއި ކައިރީގައި ހުންނަ ފާހާނާ ހޮޅިތަކުގެ މައްސަލައާ ހެދި ގިނަ ފަހަރު އެ ސަރަހައްދު ބަންދުކުރަން ޖެހެއެވެ. އަދި އެ ސަރަހައްދު ގިރައިގެން ގޮސް، އުމްރާނީ ވަސީލަތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް މީގެ ކުރިން ލިބިފައިވެއެވެ.

މިހާރު ދިމާވެފައިވާ ތެލުގެ މައްސަލަ ހައްލުކޮށް، ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ރަސްފަންނު މޫދަށް އެރޭ ސަރަހައްދު ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވާލި ނަމަވެސް، ކަނޑުމަތިން ފަޅުތެރެއަށް ކަޅުތެޔޮ ވަދެ ތަޣައްޔަރުވުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފައެވެ. މި މައްސަލަ ހައްލުކޮށް، ތެޔޮތައް ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. އަދި ސާފުކޮށް ނިމުމުން އެތަން އަލުން އާންމުންނަށް ހުޅުވާލާނެކަން ވަނީ އިއުލާނުކޮށްފައެވެ.

  • ރަސްފަންނު ފަޅުތެރެއަށް ކަޅުތެޔޮ ވަނުމުގެ ސަބަބުން މޫދަށް އެރުން ވަނީ މަނާކޮށްފައެވެ.
  • ސިޓީ ކައުންސިލުން ދަނީ ތަޣައްޔަރުވެފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
  • ތެޔޮތައް ނަގައި ސާފުކުރުމަށްފަހު، އެ ސަރަހައްދު އަލުން އާންމުންނަށް ހުޅުވާލާނެއެވެ.
  • މި މައްސަލަ ދިމާވީ ފެން ދައުރުވާ ނިޒާމު ރަނގަޅުކުރުމަށްފަހު ހުޅުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
comment ކޮމެންޓް