މެންޗެސްޓާ ސިޓީ، އެސްޓަން ވިލާ އަތްދަށުވިއިރު ޓޮޓެންހަމްއަށް ސީޒަންގެ ދެވަނަ މޮޅު

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން--

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ، އެސްޓަން ވިލާ އަތުން ހަނި ގޮތަކަށް ބަލިވިއިރު، ސީޒަންގެ ދެވަނަ މޮޅާއެކު ޓޮޓެންހަމް، މިވަގުތަށް ރެލިގޭޝަން ޒޯނުން ބޭރުގައި ހަމަޖެހިލައިފިއެވެ.

އެސްޓޮން ވިލާގެ ވިލާ ޕާކުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީ ބަލިވެފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ލަނޑެއް ޖެހުނު ނަމަވެސް ސިޓީގެ އެއް ނަންބަރު ފޯވާޑް، އާލިންގް ހާލަންޑަށްވެސް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ބަދަލުގައި ފެނިފައިވަނީ، މިދިޔަ ސީޒަނުގައި ޗެލްސީއަށް ދަށް ކުޅުމެއް ދެއްކުމުގެ ސަބަބުން އެކުލަބުން ވިއްކާލި ނިކޮލަސް ޖެކްސަންގެ މޮޅު ކުޅުމެކެވެ.

ޖުމްލަ 38 ފައުލް ކޮށްފައިވާ މި މެޗުގައި އަށް ރީނދޫ ކާޑު ދައްކާފައިވެއެވެ. އެސްޓޮން ވިލާގެ ލަނޑުތައް ޖަހާފައިވަނީ މެޗުގެ ހަވަނަ މިނެޓުގައި އަދި 60 ވަނަ މިނެޓުގައެވެ. މި ދެ ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ނިކޮލަސް ޖެކްސަންއެވެ. މެންޗެސްޓާ ސިޓީގެ ލަނޑު، މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އާލިންގް ހާލަންޑެވެ. މިއީ މި ސީޒަނުގައި މެންޗެސްޓާ ސިޓީވި ފުރަތަމަ ބައްޔެވެ.

ރޭ ޓޮޓެންހަމް އާއި ޗެލްސީ ބައްދަލުކުރި މެޗު، ޓޮޓެންހަމުން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޓޮޓެންހަމް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން--

މި މެޗުގައި ޓޮޓެންހަމްގެ ކޯޗު ހިމެނޭހެން އެޓީމުގެ ހަތަރު ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައިވާއިރު، ޗެލްސީގެ ޕާމާއަށް ދެ ރީނދޫ ކާޑު ހަމަވެގެން ރަތް ކާޑެއް ދައްކާފައިވެއެވެ.

ޓޮޓެންހަމްގެ ފުރަތަމަ ލަނޑަކީ ޗެލްސީގެ މައިކް ޕެންޑާސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ދެވަނަ ލަނޑަކީ އެޓީމުގެ މެޓީސް ޓެލް ކާމިޔަބުކޮށްދިން ލަނޑެކެވެ.

މި މެޗުން ސިޓީ ބަލިވިނަމަވެސް އެޓީމު އޮތީ ލީގު އެއްވަނައިގައެވެ. ޗެލްސީ ހަތަރުވަނައިގައި އޮތްއިރު ޓޮޓެންހަމް އޮތީ 12 ވަނައިގައެވެ.

comment ކޮމެންޓް