ވޯޓު ފޮށި ފަޅައިލުމާއި ވަގަށް ނެގުން: އެމްޑީޕީން ނިންމީ ފީއައްޔާއި ފިޔޯރީގައި އަލުން ވޯޓުލުން ނުބާއްވަން

ފިޔޯރީގެ ވޯޓުފޮށި ފަޅައިލުން: ފިޔޯރީއާއި ފީއަލީގައި ދެން ވޯޓުލުން އަލުން ނޯންނާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައި --- ފޮޓޯ: ކިޔުންތެރިއެއް

ޗެއާޕާސަން އިންތިޚާބުގެ ނަތީޖާއަށް ފަހު ފ. ފީއައްޔާއި ގދ. ފިޔޯރީގައި ވޯޓުލުން އަލުން ނުބާއްވާނެ ކަމަށް، މައި އިދިކޮޅު ޕާޓީ އެމްޑީޕީން މިއަދު ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު އޮތް އިންތިޚާބު ކުރިއަށް ދަނިކޮށް ފީއަލީގައި ބެހެއްޓި ފޮށި ބަޔަކު ވަގަށް ނެގިއިރު، ފިޔޯރީގައި ބެހެއްޓި ވޯޓުފޮށި ވަނީ ފަޅައިލައިފައެވެ.

https://sun.mv/223255

ފިޔޯރީން 'ސަން'އަށް މައުލޫމާތުދިން މީހަކު ބުނީ، އެ ރަށުގައި ބެހެއްޓި ވޯޓު ފޮށި ފަޅައިލައިފައި ވަނީ ރަސްމީ ފާހެއް ނެތި ވޯޓުލާ މަރުކަޒުގައި މަޑުކުރަން ބޭނުންވި މީހެއް ކަމަށެވެ. އޭނާއަކީ ކެންޑިޑޭޓެއްގެ މަންދޫބެއް ކަމަށް ބުނި ނަމަވެސް އޭނާގެ އަތުގައި އެކަން އަންގައިދޭ ފާހެއް ނެތް ކަމަށާއި ވޯޓާސް ލިސްޓުގައި ވެސް އޭނާގެ ނަމެއް ނެތް ކަމަށް، މައުލޫމާތުދިން މީހާ ބުންޏެވެ.

ފީއަލިން 'ސަން'އަށް މައުލޫމާތުދިން މީހާ ބުނީ، އެ ރަށުގައި ބެހެއްޓި ވޯޓުފޮށި ވަގަށް ނަގައިގެން ގެންދިޔައީ އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ ބައެއް ކަމަށެވެ.

މީގެ އިތުރުން، ފީއަލީގައި ވޯޓުލުން ކުރިއަށްދިޔައި ރަސްމީ ލިސްޓަށް ނޫން ކަމަށް ބުނެ، އެ އިންތިޚާބުގައި ނަޝީދާ ގާތުން ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމުގެ ޓީމުން ވެސް ވަނީ މައްސަލަ ހުށަހަޅައިފައެވެ.

އެހެންވެ، އެމްޑީޕީން ފުރަތަމަ ނިންމީ އެ ދެ ރަށުގައި އަލުން އިންތިޚާބު ބޭއްވުމަށެވެ.

ނަމަވެސް، 'ސަން'އިން މިއަދު ސުވާލުކުރުމުން، އެމްޑީޕީގެ އިންތިޚާބު ކޮމިޓީގެ މުގައްރިރު އިބްރާހީމް މުޢިއްޒު ވިދާޅުވީ، ފީއައްޔާއި ފިޔޯރީގެ ފޮށިތަކުގައި އިންތިޚާބު އަލުން ނުބާއްވާނެ ކަމަށެވެ. ސަބަބެއް ކަމަށް މުޢިއްޒު ވިދާޅުވީ، ޖުމުލަ އަދަދަށް ބަލާއިރު، ނަތީޖާގައި ބޮޑު ފަރަގެއް އުޅޭތީ ކަމަށެވެ.

https://sun.mv/223285

އެމްޑީޕީން ރޭ އާންމުކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބުކުރެއްވި ނަޝީދަށް ލިބިވަޑައިގަތީ 21،301 ވޯޓެވެ. އެއީ ސައްހަ 30،895 ވޯޓުގެ 68.9 އިންސައްތައެވެ. މީކާއީލަށް 9،462 ވޯޓު ލިބިވަޑައިގެންނެވިއިރު، އެ އިންތިޚާބުގައި ދެން ވާދަކުރެއްވި އިބްރާހީމް މުޙައްމަދަށް ލިބުނީ 132 ވޯޓެވެ.

މިއީ އެމްޑީޕީގެ ރައީސްކަންވެސް ކުރެއްވި ނަޝީދު، އެ ޕާޓީގެ ޗެއާޕާސަންކަމާ ހަވާލުވާ ދެވަނަ ފަހަރެވެ. އެމްޑީޕީގެ ދެވަނަ ޗެއާޕާސަންކަން ކުރެއްވި ނަޝީދު އެ މަގާމުގައި އެންމެ ފުރަތަމަ ހުންނެވީ 2008ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން ފ. ފީއަލީގެ ވޯޓު ފޮށި ވަގަށް ނަގައި އަދި ގދ. ފިޔޯރީގެ ވޯޓު ފޮށި ފަޅައިލި ނަމަވެސް، އެ ދެ ރަށުގައި އަލުން އިންތިޚާބު ނުބާއްވަން އެ ޕާޓީން ވަނީ ނިންމައިފައެވެ. ކުރިން އެ ދެ ރަށުގައި އަލުން ވޯޓުލާން ނިންމި ނަމަވެސް، ފަހުން މިގޮތަށް ނިންމީ އިންތިޚާބުގެ ޖުމުލަ ނަތީޖާގެ ފަރަގު ބޮޑުވުމުން ކަމަށް އެމްޑީޕީގެ އިންތިޚާބު ކޮމިޓީން ހާމަކޮށްފައިވެއެވެ. މި އިންތިޚާބު ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު ވަނީ 21301 ވޯޓު ހޯއްދަވައިގެން، ވާދަވެރި ކެންޑިޑޭޓް މީކާއީލް އަޙްމަދު ނަސީމްގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ. މިއީ ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަންނަވާ ދެވަނަ ފަހަރެވެ.

  • ގދ. ފިޔޯރީގައި ވޯޓު ފޮށި ފަޅައިލީ ރަސްމީ ފާހެއް ނެތި ވޯޓުލާ މަރުކަޒަށް ވަން މީހެކެވެ.
  • ފ. ފީއަލީގައި ވޯޓު ފޮށި ވަގަށް ނެގީ ރައީސް ނަޝީދަށް ތާއީދުކުރާ ބައެއްކަމަށް ތުހުމަތުކުރެވެއެވެ.
  • އެ ދެ ރަށުގައި އަލުން ވޯޓުލުން ނުބާއްވަން ނިންމީ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގު ބޮޑުވުމުންނެވެ.
  • އިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށްވާ 68.9 އިންސައްތަ ވޯޓު ހޯއްދަވައިގެން އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ނަޝީދެވެ.
comment ކޮމެންޓް