މާލެއާއި ވިލިމާލޭ ފަޅުގައި ގަވާއިދާ ޚިލާފަށް އަޅާފައި އޮތް 20 އުޅަނދެއް ޖޫރިމަނާކޮށްފި

މާލެއާ ވިލިމާލޭ ފަޅުގައި ގަވާއިދާ ޚިލާފަށް އަޅާފައި އޮތް 20 އުޅަނދެއް ޖޫރިމަނާކޮށްފި: ވިލިމާލެ ބަނދަރު ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އާއި ވިލިމާލޭގެ ފަޅުތެރޭގައި ހުއްދަ ނުނަގައި ޤަވާއިދާ ޚިލާފަށް އަޅައިފައި އޮތް 20 އުޅަނދެއް މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފިއެވެ.

ކައުންސިލުން ބުނީ މި އުޅަނދުތަކަކީ ފަޅުތެރެ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށާއި އާންމު އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު އުޅަނދުތައް ކަމަށެވެ.

އެގޮތުން އެ ހަރަކާތުގެ ތެރެއިން ވިލިމާލެ ފަޅުތެރެ ޗެކްކޮށް ބެލިއިރު، ހުއްދަ ނުނަގައި އަޅައިފައި އޮތް 17 އުޅަނދެއްގައި ސްޓިކާ ޖަހައި ޖޫރިމަނާކޮށްފައިވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ވިލިމާލެ ފެރީގެ ނިޒާމަށް ދަތިވާގޮތަށް މާލޭ ދެކުނު ހާބަރު (ސުނާމީ ބިނާ ސަރަހައްދު) ގައި ޤަވާއިދާ ޚިލާފަށް އަޅައިފައި އޮތް ތިން އުޅަނދެއް ވެސް ވަނީ ޖޫރިމަނާކޮށްފައިވާކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އެ އުޅަނދުތަކުގެ ސަބަބުން ފެރީ ދަތުރުތަކަށް ބުރޫއަރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ވަނީ މި މަސައްކަތުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ ހާބާ އެންޑް މެނޭޖްމަންޓް ސެކްޝަނުން ކުރިއަށް ގެންދިޔަ މަސައްކަތުގައި ވިލިމާލެ ފުލުހުންގެ ޔުނިޓުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ފާހަގަކޮށްފައެވެ.

ފަޅުތެރޭގެ ތަރުތީބު ހިފެހެއްޓުމަށާއި ގަވާއިދާ ޚިލާފަށް އުޅަނދު ފަހަރު އެޅުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. އަދި މިފަދަ އޮޕަރޭޝަންތަކަކީ ދޭތެރެ ދޭތެރެއިން ސިޓީ ކައުންސިލުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެކެވެ.

މި އޮޕަރޭޝަނަކީ ފަޅުތެރެ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމުގެ ގޮތުންނާއި، އާންމު އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ހިންގި އޮޕަރޭޝަނެކެވެ. މީގެ ތެރޭގައި ވިލިމާލެ ފަޅުން ޖޫރިމަނާކުރި 17 އުޅަނދާއި، ވިލިމާލެ ފެރީގެ ނިޒާމަށް ދަތިވާގޮތަށް މާލޭ ދެކުނު ފަރާތުގައި އަޅާފައި އޮތް 3 އުޅަނދު ހިމެނެއެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވަނީ ވިލިމާލެ ފުލުހުންގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ. އަދި މިއީ ފަޅުތެރޭގެ ތަރުތީބު ހިފެހެއްޓުމަށް ސިޓީ ކައުންސިލުން ގަވާއިދުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

  • ވިލިމާލެ ފަޅުން ހުއްދަނެތި އަޅާފައި އޮތް 17 އުޅަނދެއް ޖޫރިމަނާކޮށް ސްޓިކާ ޖެހުން.
  • ފެރީ ދަތުރުތަކަށް ހުރަސްއެޅޭގޮތަށް މާލޭ ދެކުނު ހާބަރުގައި އަޅާފައި އޮތް 3 އުޅަނދަކަށް ފިޔަވަޅުއެޅުން.
  • މާލެ ސިޓީ ކައުންސިލްގެ ހާބާ އެންޑް މެނޭޖްމަންޓް ސެކްޝަނާއި ވިލިމާލެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަން.
  • ފަޅުތެރޭގެ ނިޒާމު ހިފެހެއްޓުމަށް މިއީ ކައުންސިލުން ދޭތެރެދޭތެރެއިން ހިންގާ ހަރަކާތެއްކަން.
comment ކޮމެންޓް