ފިލްމު 'ބޫތު ބަންގްލާ' ނެޓްފްލިކްސްއަށް

މި އަހަރުގެ އޭޕްރީލް މަހު ސިނަމާތަކަށް ގެނެސްދިން ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ ފިލްމު "ބޫތު ބަންގްލާ" ނެޓްފްލިކްސްގައި ސްޓްރީމްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.

މި ފިލްމަކީ، އަކްޝޭގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 2007ގެ 'ބޫލް ބުލައްޔާ' ގެނެސްދިން ޕްރިޔަދަރުޝަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ޕްރިޔާދަރުޝަން އާއި އަކްޝޭ އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމުވެސްމެއެވެ.

މި ހަފްތާގެ ހުކުރު ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެކަން އިއުލާނުކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެތެރޭ، ވަމީގާ ގައްބީ، ޕަރޭޝް ރާވަލް، ތައްބޫ، ރާޖްޕަލް ޔާދަވް އަދި މިދިޔަ އަހަރު މަރުވި އެކްޓަރު އާސްރާނީ ވެސް ހިމެނެއެވެ.

ފިލްމުގެ ވާހަކަ ބިނާވެފައިޗވަނީ 2000ގެ ކުރީކޮޅުގެ ދުވަސްވަރެއްގެ މައްޗަށެވެ. ފިލްމު ފެށިގެން އަންނަނީ 'މަންގަލްޕޫރް' ކިޔާ އަވަށެއްގައި ދެކެވޭ ބިރުވެރި ވާހަކައަކުންނެވެ.

އަކްޝޭ ފިލްމު ޑައިރެކްޓަރު ޕްރިޔާދަރުޝަންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބާލާޖީ ޓެލެފިލްމްސްގެ ބެނާގެ ދަށުން ގެނެސްދިން މި ފިލްމަކީ އަކްޝޭ ކުމާރުގެ 'ކޭޕް އޮފް ގުޑް ފިލްމްސް' އާ ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މީގެ އިތުރުން ފާރާ ޝެއިޚް އަދި ވެދާންތު ބާލީ ވެސް ވަނީ ކޯ-ޕްރޮޑިއުސަރުންގެ ގޮތުގައި ފިލްމުގައި މަސައްކަތް ކޮށްފައެވެ.

އަކްޝޭ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަހުމަދު ޚާން ޑައިރެކްޓްކުރާ 'ވެލްކަމް ޓު ދަ ޖަންގަލް'އިންނެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި 'ވެލްކަމް' ފްރެންޗައިޒްގެ ތިންވަނަ ފިލްމު ސިނަމާތަކަށް ގެންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

މި ފިލްމަކީ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރާއި މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރުޝަން ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އެކީގައި މަސައްކަތްކޮށްފައިވާ އުފެއްދުމެކެވެ. ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް، މަންގަލްޕޫރް ކިޔާ އަވަށެއްގެ ބިރުވެރި ހާދިސާތަކެއް މި ފިލްމުން ދައްކުވައިދޭނެއެވެ. މިއީ އެކްތާ ކަޕޫރާއި އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ އިތުރުން، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ "ވެލްކަމް" ފްރެންޗައިޒްގެ ތިންވަނަ ފިލްމު ކަމަށްވާ "ވެލްކަމް ޓު ދަ ޖަންގަލް" ވެސް މި މަހުގެ 26 ވަނަ ދުވަހު ސިނަމާތަކަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

  • "ބޫތު ބަންގްލާ" ނެޓްފްލިކްސްގައި ޕްރީމިއާކުރުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ހުކުރު ދުވަހުއެވެ.
  • މިއީ އަކްޝޭ ކުމާރާއި ޑައިރެކްޓަރު ޕްރިޔަދަރުޝަން ގިނަ ދުވަސްތަކަކަށްފަހު ގުޅިގެން އުފެއްދި ފުރަތަމަ ފިލްމެވެ.
  • ފިލްމުގެ މުހިންމު ތަރިންގެ ތެރޭގައި ވަމީގާ ގައްބީ، ޕަރޭޝް ރާވަލް، ތައްބޫ، ރާޖްޕަލް ޔާދަވް އަދި އާސްރާނީ ހިމެނެއެވެ.
  • އަކްޝޭގެ ކުރިއަށް އޮތް އާ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" މި މަހުގެ ފަހުކޮޅު ސިނަމާތަކަށް އަންނާނެއެވެ.
comment ކޮމެންޓް