ފެނަކައިން ވަކިވުމުގެ ފުރުސަތު ހުޅުވާލުމުން ހީކުރިވަރަށްވުރެ ވެސް ބޮޑު ތަރުހީބެއް އެބަ ލިބޭ: ފެނަކަ އެމްޑީ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން --- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލުމުން، އެކަމަށް ހީކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފު މިއަދު ވިދާޅުވެއްޖެއެވެ.

ފެނަކައިން މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. ޖުމްލަ 8,000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރައްވައި ފޮނުއްވި މެމޯގައިވާ ގޮތުން، އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ޖޫން މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި ނިންމުމާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މުވައްޒަފުން މަދުކުރުމަކީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށްވެސް ކުންފުނިން ފާހަގަކުރެއެވެ.

https://sun.mv/222777

ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި، ބައެއް ޕްރޮޖެކްޓްތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި، އެކި ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން އެބަ ތިއްބެވެ. މި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ފެނަކައިން އުންމީދު ކުރެއެވެ.

އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިނާޔަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުންފުނި އިސްލާހުކުރުމަށް އެކުލަވާލާފައިވާ ޕޮލިސީގެ ދަށުން އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށްވެސް ފެނަކައިން ބުނެއެވެ.

މި ޕޮލިސީގެ ދަށުން ފެނަކައިން މުވައްޒަފުންނަށް އަމިއްލައަށް ވަކިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާތަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަކިވާން ހުށަހަޅާފައިވާކަމަށް އެނގިފައިވެއެވެ. ނަމަވެސް ހުށަހަޅާފައިވަނީ ސީދާ ކިތައް މުވައްޒަފުންކަމެއް ނޭންގެއެވެ.

https://sun.mv/222793

މިކަމާއި ގުޅިގެން އެ ކުންފުނީގެ އެމްޑީ މުޙައްމަދު އަފީފު "ސަން" އަށް ވިދާޅުވެފައިވަނީ މިމަހުގެ ދެވަނަ ދުވަހު ހުޅުވާލި މި ފުރުސަތަށް ހީކުރިވަރަށް ވުރެވެސް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށެވެ. އެހެން ނަމަވެސް ވަކިވާން ހުށަހަޅާފައިވަނީ ކިހާ އަދަދެއްގެ މުވައްޒަފުންނެއް ކަމެއް އެމްޑީ ހާމައެއް ނުކުރައްވައެވެ.

އެމްޑީ އިތުރަށް ވިދާޅުވީ މި ފުރުސަތު ދިން މުއްދަތަށް ފަހު އަމިއްލައަށް ވަކިވާން ހުށަހެޅި މުވައްޒަފުންގެ އަދަދު ހާމަކުރައްވާނެ ކަމަށެވެ.

https://sun.mv/222915

ފެނަކައިން ނިންމި މި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް މިއީ ސީދާ ފެނަކައިގެ ނިކަމެތި އާދައިގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެ މީހުން ބޭރުކުރަން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައިއެވެ. އެގޮތުން މަޝްޙޫރު ގާނޫނީ ވަކީ އަލީ ހުސެއިން ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުގައި މަސައްކަތް ކުރަމުން އަންނަ އާދައިގެ ނިކަމެތި މުވަައްޒަފުން ވަޒީފާއިން ވަކިކޮށް މަގުމަތި ކުރުމުގެ ކުރިން ސަރުކާރުގެ ބޮޑެތި އިސްރާފުތައް ހުއްޓާލައި، ބޮޑެތި މުސާރަތައް ލިބޭ ބޭކާރު މަގާމްތައް އުފެއްދުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ކުރިއަށް ގެންދިއުމަށްޓަކައި މުވައްޒަފުން މަދުކުރުމުގެ ސިޔާސަތެއް ވަނީ ތަންފީޒުކުރަން ފަށާފައެވެ. މި ސިޔާސަތުގެ ދަށުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ ފަރާތްތަކަށް ހަތަރު މަހުގެ މުސާރަ ލިބޭގޮތަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފު ވިދާޅުވި ގޮތުގައި، ވަޒީފާއިން ވަކިވުމަށް ހުށަހެޅި މުވައްޒަފުންގެ ސީދާ އަދަދު ހާމަކުރާނީ ޖޫން 14 ވަނަ ދުވަހު މުއްދަތު ހަމަވުމުންނެވެ.

  • ފެނަކައިގައި ހަރަކާތްތެރިވާ 8000 އެއްހާ މުވައްޒަފުންގެ ތެރެއިން އަމިއްލައަށް ވަކިވާން ބޭނުންވާ ފަރާތްތަކަށް، މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
  • މިއީ ބައެއް ރަށްރަށުގައި ޕްރޮޖެކްޓްތައް ހުއްޓި، ކުރާނެ މާބޮޑު މަސައްކަތެއް ނެތި ތިބި މުވައްޒަފުން މަދުކޮށް، ކުންފުނީގެ އުފެއްދުންތެރިކަން މަތިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
  • މި ސިޔާސަތުގެ ދަށުން އަމިއްލައަށް ވަޒީފާއިން ވަކިވާ ކޮންމެ މުވައްޒަފަކަށް، މާލީ އިނާޔަތެއްގެ ގޮތުން ހަތަރު މަހުގެ މުސާރަ އެއްފަހަރާ ދިނުމަށް ވަނީ ރަސްމީކޮށް ހަމަޖެހިފައެވެ.
  • އިދިކޮޅު ފަރާތްތަކުން މި ނިންމުމަށް ފާޑުކިޔަމުންދާއިރު، ގާނޫނީ ވަކީލު އަލީ ހުސެއިން ފަދަ ބޭފުޅުން ވަނީ، ސަރުކާރުގެ ބޮޑެތި އިސްރާފުތައް ކުޑަކުރުމަށްފަހު މެނުވީ އާދައިގެ މުވައްޒަފުން ވަކިނުކުރުމަށް ގޮވާލައްވާފައެވެ.
  • ކުންފުނީގެ ބޭކާރު ހަރަދުތައް ކުޑަކުރުމުގެ އަމަލީ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުން.
  • ވަޒީފާއިން ވަކިވާ ފަރާތްތަކަށް މާލީ ރައްކާތެރިކަމެއްގެ ގޮތުން ބަދަލު ދިނުން.
  • ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް މަގުފަހިކުރުން.
  • ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތަކާއެކުވެސް ކުންފުނީގެ އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިއުން.
  • އޯވަރޯލް: ނިއުޓްރަލް
  • ސްކޯ: 0.82
  • އިމޯޝަންސް: އޮބްޖެކްޓިވް، އެނަލިޓިކަލް
  • ކީވޯޑްސް: ފެނަކަ، މުވައްޒަފުން، ވަޒީފާއިން ވަކިވުން، އިނާޔަތް، ސިޔާސަތު
comment ކޮމެންޓް