ސައިކަލެއް ކޮންޓްރޯލް ނުވެ، ކަފިހިހުރަހުން ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަނިޔާވެއްޖެ

ސައިކަލު އެކްސިޑެންޓެއް މީގެ ކުރިން ހިނގައިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ކަފިހިހުރަހުން ހުރަސްކުރި ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލަކުން ޖެހި، އަނިޔާވުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެކްސިޑެންޓު ހިނގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 9:26 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި މަގު ހުރަސްކުރި މީހާއަށް އެކި ވަރުގެ އަނިޔާވެފައި ވެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި، އައިޖީއެމްއެޗުގައި އެ މީހާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗުން 'ސަން'އަށް މިއަދު ބުނީ، އެ މީހާއަށް އެ ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސް މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ކަފިހިހުރަހުން މަގު ހުރަސްކުރަމުންދިޔަ ދިވެހި ފިރިހެނެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ރޭ 9:26 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގެ ވޯޑުގައި ފަރުވާދެމުންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސް މަގުގައެވެ.
  • ސައިކަލު ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް ޖެހުނީ ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައެވެ.
  • މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ.
  • އަނިޔާވި މީހާއަށް އައިޖީއެމްއެޗްގެ ވޯޑުގައި އަންނަނީ ފަރުވާދެމުންނެވެ.
  • މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
comment ކޮމެންޓް