12 އަހަރު ފަހުން، ފުލުހުންގެ ވަޒީފާއަށް ޝިޔާމް އަލުން ނުކުންނަވައިފި

ބާރަ އަހަރު ފަހުން، ފުލުހުންގެ ކުރީގެ އިސް ތަރުޖަމާނު އަދި އިންސްޕެކްޓަރު އަޙްމަދު ޝިޔާމް ވަޒީފާއަށް އަލުން ނުކުންނަވައިފިއެވެ.

ދެހާސް ސާދަވަނަ އަހަރުގެ މެއި މަހު ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާދޭން ހައިކޯޓުން ހުކުމްކުރީ މިދިޔަ އޭޕްރީލް މަހުގެ 16ވަނަ ދުވަހެވެ.

'ފޭސްބުކް'ގައި މިއަދު ހިއްސާކުރެއްވި ފޮޓޮއެއްގައި ޝިޔާމް ލިޔުއްވައިފައިވަނީ، ފުލުހުންގެ ވަޒީފާއަކީ އޭނާގެ މުޅި ދިރިއުޅުން ކަމަށެވެ. ޝިޔާމް ވަނީ، ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން، އެކި ރޭންކުތަކުގައި ތިއްބަވާ އޮފިސަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

https://sun.mv/220716

"ވަރަށް ގިނަ ދުވަހަށް ފަހު، އަޅުގަނޑު އަމިއްލަ އަތުން ފަރުމާކުރި ޔުނީފޯމުގައި މުޖުތަމައަށް ޚިދުމަތްކުރުމުގެ ފުރުސަތު މި ވަނީ ލިބިފައި،" އެ ޕޯސްޓުގައިވެއެވެ.

ދެހާސް ސާދަވަނަ އަހަރު ޝިޔާމް ވަކިކުރިއިރު، އޭރު ހުންނެވީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށެވެ. އޭނާ ވަކިކުރީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައެވެ.

ޝިޔާމް ވަޒީފާއިން ވަކިކުރުމުން އޭނާ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުން އެ ކޯޓުން އޭނާއަށް އެ ކޯޓުން އެ މައްސަލަ ކާމިޔާބު ނުވިއެވެ. އެ މައްސަލަ އެ ކޯޓުން ނިންމިއިރު، އޮތީ އޭނާއަށް އަލުން ވަޒީފާ ދޭން ޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިފައެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ އެ ކޯޓުން ނިމުނީ 2020 ގައެވެ. އެ އަހަރު މައްސަލަ ނިމުމުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ 2021 ވަނަ އަހަރުގެ ކުރީކޮޅެވެ. ހައިކޯޓުގައި ހަ އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވުމަށް ފަހު މައްސަލަ ނިންމީ އޭޕްރީލް މަހެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރުމުން ޝިޔާމް އުޅުއްވީ ވިޔަފާރީގައެވެ. އޭނާއަކީ މާލޭގެ ބައެއް މަޝްހޫރު ރެސްޓޯރެންޓްތައް ހިންގުމުގައި މިހާރު އުޅުއްވާ ވިޔަފާރިވެރިއެކެވެ. އޭނާ، މި ފަހުން ކުޅިވަރު ހިންގުމުގެ ތެރޭގައިވެސް މަސައްކަތް ކުރެއްވިއެވެ.

ހައިކޯޓުން ކުރި ހުކުމުގައިވަނީ ޝިޔާމް ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމުމުގައި ރިއާޔަތްކުރި ހެއްކަކީ ކޮބައިކަން އެނގޭނެ ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވާތީ އެ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކޮށްފައިވާކަން ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ. އެހެންވެ، ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދޭން އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެއެވެ.

comment ކޮމެންޓް