އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ބައްސާމަށް މަނީލޯންޑަރިންގެ ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވައިފި

ބައްސާމް: އޭނާއަށް މަނީލޯންޑަރިންގެ ދައުވާ ކުރުމަށް ޕީޖީއަށް ވަނީ ފޮނުވާފައި -- ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް އަޖީލަށް މަނީލޯންޑަރިންގެ ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.

އޭސީސީން ބުނީ، އެ ދައުވާ ކޮށްދިނުމަށް މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މިގޮތުން، ބައްސާމަށް ދައުވާ ކޮށްދިނުމަށް ފޮނުވީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މައްދާގެ (ހ) ގެ ދަށުން ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ބައްސާމް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.

މިގޮތުން، އެ ފައިސާ އެސްއޯއެފްގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، އެސްއޯއެފުން ބައްސާމްގެ ބޭންކް އެކައުންޓަށް 29,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާކަން އެ ކޮމިޝަނުން ފާހަގަކުރިއެވެ.

އެ ފައިސާ ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަވި ކަމަށް އޭސީސީން ބުނެއެވެ. އަދި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގައި ބައިވެރިވެ، އެ ކަމުގެ އެއްބަސްވުންތަކުގައި ކުންފުނީގެ ފަރާތުން ބައްސާމް ސޮއިކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

https://sun.mv/219341

ބައްސާމަށް މަނީލޯންޑަރިންގެ ދައުވާ ކުރަން ފޮނުވިއިރު، އޭނާ މިހާރު ވެސް ވަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ، އެފްއޭއެމަށް ފީފާއިން ފޮނުވި ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރުމުގެ ކުށުގައި ބައްސާމަށް ކުރި ހަތަރު ދައުވާއެއް ސާބިތުވެގެންނެވެ.

އެ މައްސަލައިގައި އަމިން އެވެނިއުއިން ބައްސާމް ގަނެފައިވާ ދެ އެޕާޓުމަންޓެއް ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ. ތަޙުޤީޤަށް ސާބިތުވެފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މެދުވެރިކޮށް އެސްއޯއެފްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް 29000 އެމެރިކާ ޑޮލަރު ވަނީ ޖަމާކޮށްފައެވެ. މި ފައިސާ ބައްސާމް އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ވަނީ ހާމަވެފައެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ އެއްބަސްވުންތަކުގައި ކުންފުނީގެ ފަރާތުން ބައްސާމް ސޮއިކޮށްފައިވާކަންވެސް އޭސީސީން ފާހަގަކުރެއެވެ. ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި ބައްސާމް މިހާރުވެސް ގެންދަނީ 32 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ ގަނެފައިވާ ދެ އެޕާޓްމަންޓެއް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

  • އޭސީސީން ބައްސާމްގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުން.
  • އެސްއޯއެފް އެކައުންޓުން ބައްސާމްގެ އެކައުންޓަށް 29000 ޑޮލަރު ޖަމާކޮށްފައިވުން.
  • މި ފައިސާ ބައްސާމް އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވުން.
  • ފީފާގެ ފައިސާގެ މައްސަލައިގައި ބައްސާމް މިހާރުވެސް 32 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދިއުން.
  • ބައްސާމް ގަނެފައިވާ ދެ އެޕާޓްމަންޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވުން.
  • ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން ހަލުވިކުރުން.
  • މަނީލޯންޑަރިންގެ އަމަލުތައް ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކުން ގުޅިގެން މަސައްކަތްކުރުން.
  • ކޮރަޕްޝަންގެ ތެރެއިން ހޯދާފައިވާ މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުން.
comment ކޮމެންޓް