އަޅުގަނޑު މަޖިލިސް ނައިބު ރައީސްކަމަށް ވާދައެއްނުކުރަން: ފަލާހު

ރައީސާއި ފަލާހް ސަލާމްކުރައްވަނީ: -- ފޮޓޯ/ ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކާ މެދު ޕީއެންސީގެ ތެރޭގައި މަޝްވަރާކުރެވެމުންދާއިރު ވާދަކުރައްވާނެ މެންބަރުންކަމަށް ވާހަކަދެކެވޭ ބޭފުޅުންގެ ތެރޭ ހިމެނިވަޑައިގަންނަވާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު، އެ މަގާމަށް ވާދަނުކުރައްވާނެކަން ހާމަކުރައްވައިފިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ފަލާޙު މިކަން ހާމަކުރެއްވީ، މަޖިލީހުގެ ނައިބު ރައީސްކަމަށް އޭނާ ހިމެނޭހެން ތިން ބޭފުޅެއްގެ ނަން އުޅޭކަމަށް ރިޕޯޓުކޮށް "ސަން" އިން ލިޔެފައިވާ ޚަބަރެއް އެކްސްގައި ހިއްސާކުރައްވަމުންނެވެ. ފަލާޙު ވިދާޅުވީ އޭނާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަނުކުރައްވާނެ ކަމަށެވެ.

"ސަން"އަށް މައުލޫމާތު ލިބޭ ގޮތުގައި މި މަގާމަށް ދެން ކުރިމަތިލައްވާނެކަމަށް ވާހަކަދެކެވެމުންދަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

މި ދެ ބޭފުޅުންގެ ބަހެއް ހޯދުމަށް "ސަން" އިން މަސައްކަތް ކުރި ނަމަވެސް، އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ހެނދުނު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނު 9:00 އަށް އެޖެންޑާކޮށްފައި ވަނިކޮށް، ހެނދުނު 8:36 ގައެވެ.

ޕީއެންސީގެ ބައެއް މެންބަރުން މައުލޫމާތު ދޭ ގޮތުގައި، މަޖިލީހުގެ ނައިބު ރައީސްކަމަށް އައްޔަންކުރާނެ ވަކި ބޭފުޅަކާ މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަދި ސީދާ އެންގެވުމެއް ނާންގަވައެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީން ނާޒިމް ވަކިކުރަން ހުށަހެޅީ އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރި ކަމަށް ބުނެއެވެ. ނަމަވެސް، ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ޖަލްސާ އޮންނާނީ މާދަމާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، އޭނާ ވަނީ މިއަދު ހެނދުނު މަގާމުން އިސްތިއުފާ ދެއްވާފައެވެ. މިކަމާ ގުޅިގެން އައު ނައިބު ރައީސަކު ހޮވުމަށް ޕީއެންސީގެ ތެރޭގައި މަޝްވަރާކުރެވެމުންދާއިރު، އެ މަގާމަށް ވާދަނުކުރައްވާނެކަން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ފަލާޙު މިކަން ހާމަކުރެއްވީ އޭނާ އެ މަގާމަށް ވާދަކުރައްވާނެކަމަށް ބުނެ މީޑިއާގައި ފަތުރާފައިވާ ޚަބަރުތައް ދޮގުކުރައްވަމުންނެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީން ނާޒިމް ވަކިކުރަން ހުށަހެޅީ އޭނާ މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ނާޒިމް ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވަކި ބޭފުޅަކަށް ތާއީދުކުރެއްވުމަށް އަދި އަންގަވާފައި ނުވާއިރު، އައު ނައިބު ރައީސަކު ހޮވުމުގެ ޖަލްސާ މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އަޙްމަދު ނާޒިމް މިއަދު ހެނދުނު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
  • ނާޒިމް މަގާމުން ވަކިކުރުމަށް ޕީއެންސީން ހުށަހެޅީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކޮށްފައެވެ.
  • އިބްރާހިމް ފަލާޙު ވަނީ އޭނާ އެ މަގާމަށް ވާދަކުރައްވާނެކަމަށް ދެކެވޭ ވާހަކަތައް އެކްސްގައި ކުރެއްވި ޕޯސްޓަކުން ދޮގުކުރައްވާފައެވެ.
  • ދެން އެ މަގާމަށް ވާދަކުރައްވާނެކަމަށް ބެލެވެނީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ނުވަތަ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
  • މަޖިލީހުގެ އައު ނައިބު ރައީސަކު ހޮވުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
  • އައު ނައިބު ރައީސަކު ހޮވުމަށް މާދަމާ ބޭއްވޭ ޖަލްސާއަށް ތައްޔާރުވުން.
  • ޕީއެންސީގެ އެތެރޭގެ މަޝްވަރާތައް ނިންމައި، ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުން.
  • ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަންނަ އިރުޝާދެއް ލިބޭތޯ ބެލުން.
comment ކޮމެންޓް